ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން "ސީއެންއެމް"އަށް ބުނީ ސަސްޕެންޑް ކޮށްފައިވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ހިލްމީ އާއި، އެތަނުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފެއް ކަމަށެވެ.
ޕާމަނަންޓް ސެކްރެޓަރީއާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. ކޮމިޝަނުން ބަލަމުން އަންނަނީ ޝަރުތު ތަކާއި ހިލާފަށް އެ މިނިސްޓްރީން ވަޒީފާ ދޭ މައްސަލަ އެވެ.
ޝަރުތުތަކާ ހިލާފަށް އެ މިނިސްޓްރީން ވަޒީފާ އަށް މީހުން ނަގާފައިވާ މައްސަލައެއް މީގެ ކުރިންވެސް ވެސް ވަނީ ފެންމަތި ވެފައެވެ. އަދި އެ ފަދަ މައްސަލަ ތަކާއި ގުޅިގެން އެ މިނިސްޓްރީން ވަނީ ބައެއް މުއައްޒަފުން ވަޒީފާ އިން ވަކިކޮށް ފިޔަވަޅު ވެސް އަޅާފަ އެވެ.