ހޮނިހިރު ދުވަހުގެ ރޭ ގޮއްވާލި ބާރުގަދަ ގޮވުމުގެ ސަބަބުން ވެރިރަށް ބަކޫގެ މެދުތެރޭގައި ހުރި އެތަން ވަނީ ހަލަބޮލިވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު، ބޮން ގޮއްވާލުމުގެ ސަބަބުން ކްލަބަށް ވަންނަ ދޮރު މުޅިން ހަލާކުވެ، އެތެރޭގެ އަލިފާން ގަދައަށް ވަނީ ރޯވެފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ރޭ ފަތިހު 24 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ.
މި ހާދިސާގައި މިހާތަނަށް އެކަކު މަރުވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވީ ނަމަވެސް، މި ހާދިސާގައި މަރުވި މީހުންގެ ސީދާ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.