ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ރައްޔިތުންގެ މަޖިލީހުގެ މާދަމާ ޖަލްސާއަށް މިނިސްޓަރު މައުސޫމް ހާޒިރުކުރަނީ
ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާޒިރުކުރުމަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާ ހެނދުނު 10:30ގައި ފަށާ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހަޅާފައިވާ ސުވާލަށް ޖަވާބުދާރީ ކުރުވުމަށެވެ. 

ރިޔާޒް ހުށަހަޅުއްވާފައިވާ ސުވާލަކީ ތ.އަތޮޅުގައި ރި ޒޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ގިނަ ރަށްތަކުގައި ރިޒޯޓު ތަރައްޤީ ކުރެވިފައިނުވާތީ، އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ތީ، އެ ކަމާމެދު ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އެވެ.  

މާދަމާގެ ޖަލްސާއަށް ދެން އެޖެންޑާ ކޮށްފައިވަނީ ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހަޅުއްވާ ފައިވާ، ދިވެހިރާއްޖޭގެ ފޮރިން ސަވިސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް އެވެ. އަދި ނުނިމި ހުރި މަސައްކަތުގެ ތެރެއިން ސަރުކާރުގެ ފަރާތުން، މެންބަރު އިސްމާއީލް އަހްމަދު ހުށަހަޅުއްވާ ފައިވާ، ކުންފުނީގެ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އޭގެ އިތުރުން އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް އޮންނާނެއެވެ. ޖަލްސާ ނިންމާލާނީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމަށްފަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް