ads
އަލްޙާފިޡް އަހްމަދު ނަބީހް
ދުބާއީ ޤުރްއާން ކޮމްޕެޓިޝަންގެ ދެވަނަ ބުރަށް ނަބީޙް ހޮވިއްޖެ
މި ރަމަޟާންމަހު ދުބާއީގައި ކުރިއަށްދާ "ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022" ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަހްމަދު ނަބީހް މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެވަނަ ބުރަށް ހޮވިއްޖެ އެވެ.

"ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022"  އަކީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ 1 ން 14 އަށް ދުބާއީގައި ކުރިއަށްދާ ކޮމްޕެޓިޝަނެކެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި ނަބީޙްގެ މި ކާމިޔާބީއަކީ ދިވެހިރާއްޖެ ފަހުރުވެރިވާ ފަދަ ބޮޑު ކާމިޔާބީއެކެވެ.

ނަބީހުއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ފަރާތެކެވެ. އަދި ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ، އަދި ހާއްސައެހީއަށް ބޭނުންވާ ކުއްޖެކެވެ. އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަހައްމަލްކުރާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކުރުތައް މަޚްރަޖުން ކިޔަވައެވެ. 

ނަބީޙްގެ މަންމަ މައުލޫމާތުދެއްވާ ގޮތުގައި ނަބީޙްގެ އެކުވެރިޔަކީ ޤުރްއާނެވެ. ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ޤުރްއާނާއެކުގައެވެ.

ދުނިޔޭގެ މަޝްހޫރު ޤާރީން ކިޔަވާގޮތަށް ޤުރްއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީޙް އެންމެ ކުރާހިތްވާ ކަމެވެ. ނަބީޙްގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީހް ނަމާދު ކުރުމެވެ. ނަބީހް އަދާކުރާ ހިތްވާ ވަޒީފާއަކީ އިމާމްކަމާއި މުއައްޛިން ކަމެވެ.

"ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022"  އަކީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ 1 ން 14 އަށް ދުބާއީގައި ކުރިއަށްދާ ކޮމްޕެޓިޝަނެކެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް