ads
މަލައިކާ އަރޯރާ
މަލައިކާއަށް ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލު ކޮށްފި
މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ތިން ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އިންޑިއާގެ މަޝްހޫރު އެކްޓްރެސް މަލައިކާ އަރޯރާ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލު ކޮށްފި އެވެ.

މަލައިކާ ދުއްވަން އިން ކާރު އެކްސިޑެންޓުވީ، ކުރި މަތިން ދިޔަ ސައިކަލެއް ކުއްލިއަކަށް ބުރަކި ޖެއްސުމުން މަލައިކާގެ ކާރަށް ވުރެ ކުރީގައި ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުންދިޔަ ކާރު ކުއްލިއަކަށް ބުރަކި ޖެއްސުމުންނެވެ. އޭގެ ސަބަބުން މަލައިކާ އިން ކާރާއި، ފަހަތުން އައި ކާރު ވެސް ކޮންޓްރޯލް ނުވެ އެކަތި އަނެކަތީގައި ޖެހުނީ އެވެ.  

މި އެކްސިޑެންޓުގައި މަލައިކާއަށް ލިބުނު ޒަހަމްތަކަށް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ ގެއަށް ބަދަލު ކުރި ނަމަވެސް ކޮންމެ ދެ ދުވަހުން އެއް ދުވަހު ހޮސްޕިޓަލަށް ޗެކަޕް ހެދުމަށް ދާންޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި އެކްސިޑެންޓުގައި މަލައިކާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވިނަމަވެސް މަލައިކާ ދުއްވަން އިން ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެއެވެ. 

މިކަމާއި ގުޅިގެން އިންޑިއާގެ ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގުމަށް މެދުވެރިވީ ސައިކަލެއްގެ ސަބަބުން ކަމަށާއި، އެ ސައިކަލު އެތަނުގައި މަޑުނުކޮށް ފިލާފައި ވާކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް