"މި މީހާއަކީ އަނިޔާވެރިއެއް .ގާތިލެއް،" ބައިޑަން އިތުރަށް ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ބައިޑެން އެންމެ ފުރަތަމަ ޕުޜޓިން ހަނގުރާމައިގެ ޖަރީމާ ހިންގެވިކަމަށް ތުހުމަތު ކުރައްވާފައިވަނީ މިދިޔަ މަހުއެވެ.
ރައީސް ބައިޑެން ވިދާޅުވީ ޔޫކްރެއިންގެ ބުޗާގައި ހިންގި ޖަރީމާތައް ފެނިއްޖެ ކަމަށާއި އެހިންގި ލާއިންސާނީ އަމަލުތަކުގެ މައުލޫމާތު އެއްކުރަން ޖެހޭނެ ކަމަށެވެ. އަދި ޕުޓިން އާ ދެކޮޅަށް ޝަރީއަތް ހިންގޭވަރަށް މައުލޫމާތު އެއްކުރަން ޖެހޭނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.