ads
ހެއިލީއާއި ޖަސްޓިން
ހެއިލީ ރުޅި ގަނޑު ފަޅާއިންގޮސް މީޑިއާއަށް ހޫނު ރައްދެއް!
ހޮލީވިޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން މޮޑެލް ހެއިލީ ބޯލްޑްވިން ބަނޑުބޮޑު ކަމަށް މީޑިއާ ތަކުން ހާމަ ކުރަން ފެށުމުން ހެއިލީ ރައްދު ދީފިއެވެ.

އެގޮތުން މި ފަހުން ބޭއްވި ގްރެމީސް ރެޑް ކާރޕެޓް 2022ގައި އޭނާ ލައިގެން ހުރި ދޫ ހެދުމުން ބަނޑޫބޮޑުކަމަށް މީޑިއާގައި އަޑު ފެތުރުމާއި އެކު ހެއިލީ ވަނީ ރައްދު ދިނުމުގެ ގޮތުން ވަނީ އެވާހަކަ ދޮގު ކޮށް އަދި އޭނައަށް ނިސްބަތް ވާގޮތަށް ދޮގު ހަބަރު ނުފެތުރުމަށް ބުނެފައެވެ.

މީގެ ދެއަހަރު ކުރިން ވެސް ހެއިލީ އިނީ ކުއްޖަކަށް ބަލިވެ ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. އެފަހުރު ވެސް ހެއިލީ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ހެއިލީ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަށް ކުއްޖަކު ލިބެން އުޅޭ ނަމަ އެވާހަކަ މީޑިއާއަށް ހިއްސާ ކުރާނެ ކަމަށާއި އެކަހަލަ ހަބަރު ފެތުރުމުގެ ކުރިން ތެދުތޯ ބެލުމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ވަކި ކަހަލަ ހެދުމެއް ލުމަކީ ބަނޑުބޮޑު ވުމުން ކަމަށް ނުދެކުމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 

ހެއިލީ އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި ކުއްޖަކު ހޯދަން އަދި އަވަސް ކަމަށާއި ނަމަވެސް ކުރިއަށް ހުރި އަހަރުތަކުގައި އެކަމަށް ވިސްނާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް