ads
ވިއެޓްނާމް ފުލުހުން
ކައިވެނިކޮށްގެން ގެންދިޔަ ގޮތަށް މަރާލާ އެއްލާލައިފި
ކައިވެނި ކޮށްގެން ފިރިމީހާގެ ގެއަށް އަންހެން މީހާ ގެންދިޔަ ދުވަހު އަންހެން މީހާ މަރާލި މައްސަލާގައި ފިރިހެން މީހާގެ ބައްޕަ ހައްޔަރު ކޮށްފިއެވެ.
Advertisement

ވިއެޓްނާމުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި ފިރިހެން މީހާގެ ބައްޕަގެ އިތުރުން ފިރިހެން މީހާގެ މަންމަ ބައިވެރިވެފައި ވާކަމަށާއި، އެހެން ނަމަވެސް އެ އަންހެން މީހާ ފިލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަ އާއި ގުޅިގެން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އަންހެން މީހާއާއި އިންނަން ފިރިހެން ކުއްޖާ އުޅުމުން ފިރިހެން ކުއްޖާގެ އާއިލާއިން އެކަމަށް ފުރަތަމަ ހުރަސް އެޅި ކަމަށާއި، އެހެން ނަމަވެސް ފަހުން އެދެމީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖާގެ އާއިލާއިން އެއްބަސްވި ކަމަށެވެ. 

އެހެން ނަމަވެސް ކައިވެނި ކޮށްގެން ގެއަށް އަންހެން މީހާ ދިޔަ ފުރަތަމަ ދުވަހު، އޭނާއަށް އެކިވަރުގެ އަނިޔާތައް ދީ އަންހެން ކުއްޖާ މަރާލާ ފޮށިގަނޑެއް ތެރެއަށް އަންހެން ކުއްޖާ ލުމަށް މަސައްކަތް ކުރަނިކޮށް ފިރިހެން ކުއްޖާއަށް އެކަން ފެނި ފުލުހުންނަށް މައްސަލަ ހުށައެޅީ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، އަންހެނުން މަރާލި މައްސަލާގައި ފިރިހެން ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފައިވާއިރު، ފިރިހެން މީހާއާއި ދޭތެރޭވެސް ޝައްކު ކުރެވިގެން އޭނާވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ވަނީ ބުނެފައެވެ. 

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އަންހެން މީހާ މަރާލުމުގައި ބައިވެރިވި ފިރިހެން މީހާގެ މަންމަ ހޯދުމަށް ވިއެޓްނާމުގެ ފުލުހުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. 

18%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް