ads
ޕޮލިސް ކޮލެޖް----
ޕޮލިސް ކޮލެޖުގައި ކިޔަވައިދޭން ފަށައިފި
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކޮށް މިދިޔަ މަހު ހުޅުވި ފުލުހުންގެ ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް''ގައި ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަންގެ ކޯހާއިއެކު ކިޔެވުން ފަށައިފި އެވެ.
Advertisement

މި ކޯހުގެ ކިޔެވުން ޕޮލިސް ކޮލެޖްގައި މިއަދު ފަށާފައިވާއިރު، ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލްއެވެ.

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެކޯހުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައެވެ. އެ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯހުގެ ފުރަތަމަ މޮޑިއުލްއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލްއިންވެސްޓިގޭޝަން ކޯހުގައި އެކަޑަމިކް ރައިޓިން އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.

your imageޕޮލިސް ކޮލެޖްގައި ކިޔެވުން ކުރިއަށް ދަނީ

ފުލުހުން ބުނީ ޕޮލިސް ކޮލެޖުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވާ ކަމަށެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހު އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮލެޖު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 2017 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި ކޮލެޖަކީ އިންޑިއާގެ ހިލޭ އެހީގައި ހަދާފައިވާ ކޮލެޖެކެވެ.

އެއް ކިލޯ މީޓަރަށްވުރެ ދިގު ބިމެއްގައި  ގާއިމުކޮށްފައިވާ އެ  ކޮލެޖުގައި 340 މީހުންނަށް އެއްފަހަރާ ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު, އެ ތަނުގައި ސިއްހީ ފަރުވާދޭނެ ތަންތަނާއި, ކުޅިވަރާއި ތަމްރީނުތަކަށް 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއެއް ހިމެނެއެވެ. ހަމައެހެންމެ 400 މީޓަރުގެ ދުވާ ޓްރެކަކާއި, ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއް ވެސް އޮންނާނެއެވެ. މީގެ އިތުރުން ފުޓްބޯޅަ, ބާސްކެޓް, ޓެނިސް ގުރައުންޑް  ވެސް ހިމެެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް