ads
ރޯދަ ރަށްރަށުން: ރޯދަ ވީއްލަން "ފިނި ފަނި" ވަޅުން ނެގުން!
ރޯދަ މަހު އެކި ރަށްރަށުގައި އަހަރެންމެންގެ ކާބަފައިން ކޮށްއުޅުނު ހާއްސަކަންކަން މަޑުމަޑުން އުވެމުންދާތީ، އެކަން ކަން އަލުން އާލާކޮށް ހަނދާންތައް ދިރުވުމަށް ރަށްރަށުގައި ކޮށްއުޅުނު މިފަދަ ބައެއް ހާއްސަ ކަންކަން "ސީއެންއެމް ރޯދަ ރަށްރަށުށް" މި އެޑިޝަނުގައި މި ރޯދަމަހު އަޅުގަނޑު މިދަނީ ހިމަނާލަމުން ނެވެ.
"އާދޭ، އާދޭ، ފެން ބޯން، ފިނި، ފިނި، ދޮންދޮން ކުރުބާ" މިއީ ކުޑައިރު ވަރަށް ގިނައިން އަހާ ލަވައެކެވެ. އެ ލަވަ އޭރު އަހާލުމުން ކޮންމެ ރޯދަމަހަކު. މަންމަ ކުރުބާ ވަޅަށް ފިނިކުރަން ލާ ހަދާން ވަަރަށް ވޭ، އެ ކުރުބާ ނަގާނީ ރޯދަވީއްލަން ކައިރި ވީމަ. އޭރު ރޯދައަށް ނުހުރެވުނަސް ބުރި ރޯދަ ހިފައިގެން އުޅޭއިރުވެސް ރޯދަމަހު އަންނަ އެންމެ ޝައުގުވެރި ވަގުތުކޮޅަކީ އެއީ. ވަރަށް ފޯރި ދައްކާލާފަ ހުންނަން އެ ކުރުބާ ނަގާއިރަށް ގެންގޮސް މޭޒުމައްޗަށް ލާން. އެވަގުތު މި ލަވަވެސް ވަރަށް ކިޔާ ހަދާން ވޭ"

ރޯދަ ރަށްރަށުން މި އާޓިކަލަށް ރޯދަމަހު އެ ރަށު މީހުން ކުރީގައި ކުރުބާ ލާ އުޅުނު ގޮތް ކިޔައިދޭން ފަށަމުން ގއ. ކަނޑުހުޅުދޫއިން ވާހަކަ ދެއްކި މީހަކު ފުރަތަަމަ ބުނީ މިހެންނެވެ. 

އެ ރަށުގައި ރޯދައަށް ކޮށް އުޅުނު ހާއްސަ ކަންކަމުގެ ތެރެއިން އޭނާ ހަދާން ހުންނަ އެންމެ ޝައުގުވެރި ކަމަކީ މިއީއެވެ. އޭނާ ބުނިގޮތުން އެކަން އޭރު ކޮށް އުޅުނީ އޭރަކީ ކޮންމެ ކޮންމެ ގެއެއްގައި ރެފްރިޖިރޭޓަރު ހުންނަ ދުވަސް ވަރަކަށް ނުވާތީ ރޯދަވީއްލަން އާއްމުކޮށް ސުފުރާމަތީ ބޭނުންކުރާ "ކުރުބާ ފަނި" ފިނިކުރުމަށެވެ.

ބުނެވޭގޮތުގައި ވަޅަށް ލާފައި ބެހެއްޓުމުން ނަގާއިރު ހުންނަނީ ކުރުބާ ފިނިވެފައެވެ. އެ ކުރުބާ ހެނދުނު ހެނދުނާއި ނުވަތަ ބައެއް ރަށްރަށުގައި ހާރުދަމަށް ކާން ނިކުމެފައިވެސް، ވަޅަށް ބާލާ އުޅެއެވެ. އެ ކުރުބާ ނަގަނީ ސުފުރާ މައްޗަށް އަރުވާ އެންމެ ފަހު ބުއިމެއްގެ ގޮތުން، ބަންގި ގޮވަން ކައިރި ވީމައެވެ. ބައެއް މީހުން އެއްކުރުބާ ނެގުމަށްފަހު އޭގެ އަނެއްދުވަހަށް ފިނިކުރަން ބޭނުންވާނަމަ އިތުރު ކުރުބާތަކެއް ވަޅަށް ތިރިކުރެއެވެ. 

ނަމަވެސް މިއީ ހަމަ ކުރުބަލެއް ވަޅަށް ލާފައި ބެހެއްޓުމަށްފަހު ނަގަނީއެއް ނޫނެވެ. މިއީ އަދި ތަފާތު ގޮތަކަށް ކުރާ ކަމެކެވެ. އޭނާ ކިޔައިދިން ގޮތުން ފުރަތަމަ ކުރުބާގެ ބޮބިގަނޑު ނަގާ، ވަޅިން ރީތިކޮށް ނާށިގަނޑު އޮމާން ކުރަނީއެވެ.

އެއްކޮށް އޮމާންވުމުން އެއަށްފަހު ފަންވަތަކުން ހަދާފައި އިންނަ ގޮނަ(ކުރުބާ އާއި އެއް ސައިޒަކަށް ފަންވަތުން ވިޔެގެން ހަދާ އެއްޗެއް) ކުރުބާލާފައި ވަޅުގެ ތެރެއަށް ލަނީ އެވެ. އެރަށުގައި ގިނަ ގޭގޭގައި މިކަން އޭރު ކުރަނީ މެންދުރެއްހާއިރު އެވެ. 

މިއީ އޭރު ފިނިކުރެވޭނެ ގޮތެއް ނެތް އިރު ގިނަ ރަށްރަށުގައި ކޮށްއުޅުނު ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް