ads
ފޮޓޯ: އަދަދު
ރާއްޖޭގައި ޑީސަލް މަދުވެ ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި
ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަރާފައިވާ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ވެސް ޑީސަލް ލިބުން ދަތިވެ ތެޔޮ ވިއްކާ ކުންފުނިތަކުން ކޮންޓްރޯލްކޮށްގެން ރާއްޖޭގައި ޑީސަލް ވިއްކަން ފަށައިފި އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެ ތާށިކަން އަންނަ ހޮނިހިރު ދުވަހު ހައްލު ވެގެން ދާނެ ކަމަށެވެ.

މިވަގުތު ސްޓޮކްގައި ހުރި ޑީސަލް މަދުވެފައި ވާތީ، އާ ޝިޕްމަންޓެއް ލިބެންދެން އެކުންފުނިން ކޮންމެ ދުވަހަކު ވެސް ޑީސަލް މިހާރު ވިއްކަމުންދަނީ ވަކި އަދަދަކަށް ކޮންޓްރޯލްކޮށްގެން ކަމަށާއި، ޑީސަލް ވިއްކުމުގައި މިހާރު އިސްކަން ދެނީ އިންޖީނުގެ ތަކާއި ޒަރޫރީ ހިދުމަތް ދޭ ތަންތަނަށް ޑީސަލް ވިއްކުމަށް ކަމަށް ތެޔޮ ވިއްކާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިޒް މޯލްޑިވްސް(އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ގަސަމް ރޭ ދައުރަށް ވަނީ ވިދާޅުވެފައެވެ. 

ނަމަވެސް މިއަދު "ސީއެންއެމް" އިން ގުޅާލުމުން ގަސަމް ވިދާޅުވީ، އެއީ ސައްހަ ވާހަކައެއް ނޫންކަމަށާއި، އެކަމުގެ މައުލޫމާތު އެސްޓީއޯއިން ސާފުކުރުމަށް އެދޭ ކަމަށެވެ. 

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ހަވާލާދީ އެ ކުންފުނިން މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދިން ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނިސްބަތުން އެސްޓީއޯއިން އަގު ބޮޑު ނުކުރާތީ، ކުއްލިއަކަށް ޑިމާންޑް އިތުރުވެގެން ދިޔައީ ކަމަށެވެ. 

އަމްރު ވިދާޅުވީ، ޑީސެލްގެ ތާށިކަން ރާއްޖެއަށް ކުރިމަތިވެފައިވަނީ ފިއުލް ސަޕްލައި އިން ދުވާލަކަށް ތެޔޮ ވިއްކާ މިންވަރު އިތުރުކޮށްފައި ވަނިކޮށް، ދުބާއީ ބަނދަރުން އެސްޓީއޯގެ ބޯޓަށް ތެޔޮ ބަރުކުރުން ލަސްވެގެން ދިއުމުން ކަމަށެވެ. 

އޭނާ  ވިދާޅުވި ގޮތުން އެ ބޯޓަށް ތެޔޮ ބަރުކޮށްގެން މި މަހުގެ ނުވަ ވަނަ ދުވަހު މާލޭގައި ބަނދަރުކުރާނެ އެވެ. އަދި މިހާރު ކުރިމަތިވެފައިވާ ތާށިކަން އަންނަ ހޮނިހިރު ދުވަހު ހައްލުވާނެ ކަމަށާއި، އިތުރު ދެ ބޯޓެއް އަންނަ ހޯމަ ދުވަހު މާލޭގައި ބަދަރުކުރާނެ ކަަމަށެވެ.

އަމްރު އިތުރަށް ވިދާޅުވެފައިވާ ގޮތުން މިހާރު ވެސް ދައްޗެއް ނެތި ދަނީ ތެޔޮ ދޫކުރަމުންނެވެ. ކޮންޓްރޯލެއް ގެންނަން ޖެހުނީ އާދަޔާ ހިލާފު ޑިމާންޑެއް އުފެދުމުން ކަމަށެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް