ads
އެންޑްރިއާ ކްރިސްޓީ 47އ، ރިފްލެކްސޮލޮޖިސްޓް ، ސެކަންޑަރީ ސްކޫލް ޓީޗަ
އަހަރެން އިސްލާމްވީ ކީއްވެ؟
އިނގިރޭސި ވިލާތަށް އުފަން ޕާކިސްތާނު ދަރިކޮޅުގެ މުސްލިމަކާ އަހަރެން ކައިވެނިކޮށްގެން އުޅޭތާ 18 އަހަރު ވެއްޖެ އެވެ. އަހަރެމެންގެ 11 އަހަރުގެ ފިރިހެން ދަރިއަކާއި އަށް އަހރުގެ އަންހެން ދަރިއަކު ހުރެ އެވެ.

ފިދާ އާއި އަހަރެން ބައްދަލުވީ 1991 ވަނަ އަހަރު ޔުނިވާސިޓީއަކުންނެވެ. އިސްލާމްދީނަށް އަހަރެންގެ ޝައުގުވެރިކަން އުފެދުނީ ލޯތްބާއި ބުއްދީގެ ވިސްނުންތަކުން ވިސްނުމުންނެވެ. ފިދާ ބޭނުންވީ މުސްލިމް އާއިލާއެކެވެ. 1992 ވަނަ އަހަރާއި ހަމައަށް އައިއިރު އިސްލާމް ދީނަށް އަހަރެންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެހެންވެ އަހަރެން އިހްތިޔާރު ކުރީ އިސްލާމް ދީނަށް ވަނުމަށެވެ. އިސްލާމް ވުމަށް ފަހު އަހަރެމެން ކައިވެނި ކުރީ އޭގެ ތިްނ އަހަރު ފަހުންނެވެ. އެދުވަސްވަރު އަހަރެމެން ދީނުގެ އެކި ކަންކަމާ ބަހުސްކޮށް ހެދީމެވެ. އަދި އަހަރެމެންގެ ދިއރިއުޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކެއް ރާވައި ހެދީމެވެ.

އަހރެން އުޅެ ބޮޑުވީ ޖަރުމަނުވިލާތުގައެވެ.ދީނުގެ މާބޮޑު ދައުރެއް އަދާނުކުރާ ގޭބިސީއެއްގައެވެ.

އަހަރެންގެ ބައްޕައަކީ އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހެކެވެ. އެކަމަކު މަންމައާއި އަހަރެންގެ ސްކޫލުން އަހަންނަށް ދަސްވީ ރޫހާނީ ކަންކަމުގައި ސާބުތުވެ ހުރުމަށެވެ. އަހަރެން އިސްލާމް ދީން ގަބޫލު ކުރުމުން އަހަރެންގެ ބައްޕަ މޮޔަވި ކަހަލައެވެ.  އެކަމަކު ފިރިމީހާ ބައްޕަކެ އޭނާ ވަރަށް ލޯބިވެއެވެ. ކަން މިހެން އޮތް ނަމަވެސް، ބައްޕަ އަހަރެންނަށް ކުޑަ ފްލެޓެއް ގަނެދިނެވެ.

އެހެންވުމުން ކޮންމެ އިރަކުވެސް އަހަންނަށް އެނބުރި ގެއަށް އާދެވޭނެއެވެ. އަހަރެން އިސްލާމްދީނަށް ވަނުމުން ،  މަންމަ އަށް ވެސް ލިބުނީ ކުއްލި ސިހުމާއި ބިރުވެރިކަމެކެވެ. 

އަހަރެމެން ކައިވެނި ކުރީ ފިދާގެ ބޮޑު އާއިލާއާ އެކުއެވެ.އަހަންނަށް އެކައިވެނި ވީ އާދަޔާ ހިލާފް ކައިވެންޏަކަށެވެ. އަހަންނަކީ މުސްލިމް ދަރިކޮޅުގެ މީހަކަށް ނުވާތީ އާއިލާއިން އަހަރެން ގަބޫލު ކުރުން ވީ އުނދަގޫ ކަމަކަށެވެ. އަދި އެމީހުންވެސް އުއްމީދު ކުރީ ފިދާ އިންނާނީ މުސްލިމް ދަރިކޮޅުގެ މީހަކާ ކަމަށެވެ.  

ތަފާތު ގޮތަކަށް ފޭރާން ލާން ޖެހޭ ކަމުގެ އިހްސާސެއް އަހަންނަކަށް ނުކުރެވެ އެވެ. އާންމު ދިރިއުޅުމުގައި ހިޖާބު އަޅަން ޖެހޭ ކަމުގެ އިހްސާސެއް ނުކުރެވުނަސް ދީނީ ވާޖިބުތައް އަދާކުރާއިރު އާއްމުކޮށް ހިޖާބު އަޅައިގެން އުޅެން އަހަރެން ވަރަށް ހިތްހަމަޖެހެ އެވެ.

އަހަންނަކީ ވަރަށް ވިސްނޭ އަދި ބުއްދި އިސްކުރާ އަމީހަކީމެވެ. އަހަންނަކީ  މުދައްރިސެކެވެ. އެހެންވީމާ، އަހަރެންގެ ދިރި އުޅުމުގެ ހުރިހާ ކަމެއް ބަދަލެއް ނުކުރަމެވެ. އެކަމަކު އިސްލާމްދީން އަޅުގަނޑުގެ އަޚްލާޤާއި ސުލޫކު ވަރުގަދަކޮށްދީ އަހަރެމެންގެ އާއިލީ ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އަޅައިދިނެވެ. 

ދޮން މީހަކަށްވާތީ ތިބާއަކީ "ޓްރޮފީ" އެއްކަމުގެ އިހްސާސް ކުރެވެއެވެ. އެއްވުމަކަށް ހިނގައްޖެނަމަ އެންމެން އަހަރެންނަށް ކަންކަން ކުރަންވާ ގޮތް ކިޔައިދޭން އުޅެއެވެ. އަހަރެން ބޯހާސްވާވަރުވެއެވެ. އެކަމަކު ދީން ބަދަލުކުރުމަކީ އިންސާނީ ކަމެކެވެ. އަންހެނުންގެ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް