ads
ނަންހާމަނުކުރާ ސޮފްޓްވެއާ ޑިވެލޮޕަރެއް
އަހަރެން އިސްލާމްވީ ކީއްވެ؟
އަހަރެން މުސްލިމަކަށް ވުމާއެކު ޔުނިވާސިޓީގެ އިސްލާމިކް ކޮމިއުނިޓީގައި އޮންނަނީ އަހަރެންގެ ވާހަކައެވެ. އހަރެންނާ ބެހޭ ގޮތުން އެކި ގޮތްގޮތަށް އެމީހުން ވާހަކަ ދައްކައެވެ. ޔުނިވަސިޓީގައި މުސްލިމުންނާ ބައްދަލުކުރުމަށްފަހު، އަހަރެން އިސްލާމްދީނަށް ވަރަށް ބޮޑަށް ޝައުގުވެރި ވެއްޖެއެވެ.

އަދި އެދީން އޮޅުން ފިލުވުމަށްވެސް ޝައުގުވެރި ވެއްޖެއެވެ.  އިސްލާމް ދީން އުނގެނެން ފަށައި ޤުރްއާނުގެ އާޔަތްތަކަށް އަހަރެން ހޭނިގެންފީމެވެ. އޭގެ ދެ އަހަރު ފަހުން، އުމުރުން 23 އަހަރުގައި، އަހަރެން ޝަހާދަތްކީމެވެ.

އަހރެންގެ ޢާއިލާއަކީ ސިކުން ކަމުގައިވީތީ، އެތައް މުސްލިމުންނެއް އަހަންނާމެދު ޝައްކު ކުރިއެވެ. އަހަރެންނާ ވަރަށް ގިނަ މުސްލިމުންގެ ފޯން ނަމްބަރު ހަވާލުކޮށް، އަހަރެންނާ ބައްދަލު ކުރަންވެސް ވަރަށް ގިނަ މީހުން އެދުނެވެ. އެހެންނަމަވެސް އެމީހުން ބުރަކޮށް އުޅެން ޖެހުމުން އެހުރިހާ ކަމެއް ވެސް ދިޔައީ ފެނަށެވެ. އަހަރެން އެކަނި ވިއެވެ. 

އަހަރެންގެ އުމުރުން 26 އަހަރު ވިއިރުވެސް އަހަރެން މީހަކާ ނީންނަމެވެ. އާއިލާއަކީ ސިކުންގެ އާއިލާއެކެވެ. އެހެންނަމަވެސް އެމީހުން ދީނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަހަރެންގެ އާއިލާ އާއި ސިކް ރަހުމަތްތެރިންނަށް އަދިވެސް އަހަރެން އިސްލާމްދީން ގަބޫލުކުރިކަން ނާންގަމެވެ. އެކަމަކު އަހަރެން ޤުރުއާނުގެ ކޮޕީއެއް ގެންގުޅެނީ ފޮރުވައިގެނެއް ނޫނެވެ. އަހަރެން ބޭނުންވަނީ އަހަރެން އިސްލާމްދީން އުނގެނެނީ ވަރަށް ޝައުގުވެރިކަމާއެކުކަން އާއިލާއަށް ދެއްކުމަށެވެ. އެހެންކަމުން އަހަރެން އެނިންމުން ނިންމީ އަހަންނަށް އެނގިހުރެކަން އެމީހުންނަށް އެނގޭނެއެވެ. 

އިސްލާމްދީން އަހަރެންނަށް މިނިވަންކަމާއި ހަމަހިމޭންކަމުގެ އިޙްސާސް ދިނެވެ. ދިރިއުޅުމުގައި އަހަންނަށް ދިމާވާ ކަންތައްތަކާއި އަހަންނަށް ކުރިމަތި ލެވިދާނެކަން ކުރިއަށްވުރެ ބޮޑަށް އަހަންނަށް ގަބޫލު ކުރެވިއްޖެއެވެ.  އެކަމަކު އެމީހުން ވެސް ދެރަވާނެކަންވެސް އެނގެއެވެ. އެހެންވެ، އަހަރެން ބިރުވެސް ގަތެވެ. އަހަރެން މުސްލިމަކަށް ވެއްޖެނަމަ ދުނިޔެ އިން އަހަރެންނާ މެދު ބޭއިންސާފުން ކަންތައް ކޮށްފާނެތީވެސް އަހަރެން ބިރުގަތެވެ.

މުސްލިމަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ. މީހުން ތިބާގެ ޢަގީދާއާއި މެދު ތަފާތު އެކި ބަސްތައް ބުނާނެއެވެ. އިސްލާމްދީނުގެ ފޭރާމުން ނިވާވެގެން އުޅޭ ދީލަތި އަޚުންނާއި އުޚުތުން އުޅޭ ގޮތަށް އުޅުމަކީ ޖިހާދެކެވެ. ރަހުމަތްތެރިންނާއެކު ބާތަކުގައި ރޭގަނޑު ބޭރަށް ގޮސް އުޅުނު އުޅުމަށް އަލްވަދާއު ކިއުމަކީ އަހަންނަށް ފަސޭހަ ކަމެއް ނޫނެވެ. 

ކުރިން އަހަރެން ޕާޓީކުރުމަށް ލޯބިކުރީމެވެ. އަހަރެން މޭކްއަޕް ކުރީމެވެ. އިސްތަށިގަނޑު ގޮތްގޮތަށް ހެދީމެވެ. އަހރެންގެ ހަށިގަނޑަށް އެކި ކުލަކުލަ އެރުވީމެވެ. 

ބުރުގާ އަޅައިގެން ވަޒީފާ އަދާކުރަން ގޮސްފައި އަމިއްލަ ސިޓީއަށް އެނބުރި އަންނައިރު އަހަރެން އެހެން ގޮތަކަށް ބަދަލުވާން ޖެހެއެވެ. އަހަންނަށް އިހްސާސް ކުރެވުނީ ދެ ދިރިއުޅުމެއް އަހަރެން އުޅެން ޖެހެނީ ކަމަށެވެ. އެއީ އަހަރެން ވަރުބަލި ކުރުވި ފޫހި ކަމަކަށް ވިއެވެ. އެހެންވެ އަހަރެން އެކަން ހުއްޓާލީމެވެ. 

އަހަރެން ވީހާ އަވަހަކަށް ކައިވެނި ކުރަން ބޭނުންވިއެވެ. އެކަމަކު ރަނގަޅު ފިރިޔަކު އަހަންނަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟ ކައިވެނި ނުކޮށް އެކުގައި އުޅުމަކީ މުސްލިމުންނަށް ހަރާމް ކަމެކެވެ. އެހެންކަމުން އަހަންނަށް އަހަރެންގެ ހަޔާތުގެ ބައިވެރި އަކު ހޯދަން އުނދަގޫވިއެވެ. އެހެންނަމަވެސް އިސްލާމް ވުމުން އަހަންނަށް ލިބެނީ މާބޮޑު އުފާވެރިކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް