ނާސާއިން ހާމަކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، މި ގިނި ހިލަ ދުނިޔެއާއި ދެ މިލިއަން މޭލު ކައިިރިން ދަތުރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން މިއީ ދުނިޔެއާއި ވަރަށް ކައިރިން ދަތުރު ކުރާ ގިނި ހިލައެއް ކަމަށް ނާސާއިން ވަނީ ބުނެފައެވެ.
2008 އޭޖީ 33 ގެ ނަމުން ނަންދީފައިވާ މި ގިނި ހިލަ ދުނިޔެއާއި އެންމެ ކައިރިން ދަތުރު ކުރާނެ ކަމަށް ނާސާއިން ލަފާ ކޮށްފައިވަނީ، މިމަހިގެ 28 ވަނަ ދުވަހުއެވެ. އަދި މިއީ މިއަހަރު ދުނިޔެ ކައިރިން ދަތުރު ކުރާނެ އެންމެ ބޮޑު އެއް ގިނި ހިލަ ވެސްމެއެވެ.
މި ގިނި ހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ނާސާއިން ވަނީ ބުނެފައެވެ. އަދި މި ގިނި ހިލަ ދަތުރު ކުރަމުންދަނީ، ގަޑިއަކި 23،200 މޭލުގެ ބާރުމިނުގައި ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.