ads
ޕުޓިންގެ ދެދަރީން ކަމަށްވާ މާރިޔާ އާއި ކެޓްރީނާ
އެމެރިކާގެ ޓާގެޓް ޕުޓިްނފގެ ދަރީންނަށް! އެއީ ކޮންބައެއް؟
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެންމެ ފަހު ބުރުގައި ރަޝިޔާގެ ރައީސް ލަޑިމިއަ ޕޫޓިންގެ ދަރީންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ. ފިޔަވަޅު އަޅަން ނިންމާފައިވަނީ ޕުޓިންގެ ދޮށީ ދެ ދަރީން ކަމަށްވާ ކެޓްރީނާ އާއި މާރިޔާ އަށެވެ.

ރަޝިޔާގެ ސިޔާސީ ކަންކަމުގެއެންމެ އިސްކޮށް އުޅުއްވާ ޕޫޓިން، އާއިލާގެ ވާހަކަ ދައްކަވަނީ ވަރަށް މަދު ފަހަރަކުއެވެ. އެހެންކަމުން ޕުޓިންގެ އާއިލާއާއި ދަރީންގެ ވާހަކަ އާންމުކޮށް މީހުންނަށް އެހާ ބޮޑަކަށް ނޭނގެއެވެ. 

ރަޝިއާގެ ލީޑަރަކީ، އެ ދެ މީހުންގެ ބައްޕަ ކަމަށް ކެޓުރީނާ އާއި މާރިއާ އެއްވެސް އިރެއްގައި ފާޅުގައި ނުބުނެއެވެ. އެދެކުިދީންގެ މަންމަ ލިއުޑްމިލާ އާއި ޕުޓިންގެ ކައިވެނި ނިމުމަކަށް އައީ 2013 ވަނަ އަހަރު އެވެ.

އެމެރިކާއިން ބުނާ ގޮތުގައި އުމުރުން 35 އަހަރުގެ ކެޓުރީނާ ޓިކޮނޯވާއަކީ ޓެކް އެގްޒެކެޓިވްއެކެވެ. އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މާރިއާ ވޮރޮންޓްސޯވާ، ކްރެމްލިންއިން ޖެނެޓިކްސް ރިސާޗްތަކަށް އެތައް ބިލިއަން ޑޮލަރެއް ހޯއްދަވާފައިވާ އިރު، އެ ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވަނީ ޕޫޓިންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް ވެއެވެ.

your imageޕުޓިންގެ ދަދަރީންގެ މަންމަ

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ ވޮޝިންޓަން އިން ގަބޫލުކުރާ ގޮތުގައި ޕޫޓިންގެ މުދާތައް އާއިލާގެ މެމްބަރުންނާ އެކު ވަނީ ސިއްރު ކޮށްފައެވެ.

ކްރެމްލިންގެ ވެބް ސައިޓްގައިވާގޮތުން މާރިއާ އުފަންވީ 1985 ވަނަ އަހަރު އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ކަޓްރީނާ އުފަންވިއެވެ. އޭރު އާއިލާ ދިރިއުޅެމުން ދިޔައީ ޑްރެސްޑެންގައެވެ. އަދި ފަހުން ދެން އިރުމަތީ ޖަރުމަނަށެވެ. ޕުޓިން އޭރު ހުންނެވީ ކޭޖީބީގެ ޖާސޫސެއްގެ ގޮތުގައި އެވެ.

ރަޝިޔާގެ ރައީސްގެ 2015 ވަނަ އަހަރުގެ ބަޔޮގްރަފީގައި ފިއޯނާ ހިލް އާއި ކްލިފޯޑް ގާޑީ، މިސްޓަރ ޕޫޓިންއަކީ ކާކު؟ މިސުރުހީގައި ލިއުއްވާފައިވަނީ  މިފަދަ މަޝްހޫރު އާންމު ޝަޚްޞިއްޔަތަކަށް ބަލާއިރު އަމިއްލަ މަޢުލޫމާތު ލިބިފައި ވަނީ ވަރަށް މަދު އަދަދަކަށެވެ. މިސާލެއްގެ ގޮތުން އޭނާގެ އަންހެނުންނާއި އަންހެން ދަރިންނާއި އާއިލާގެ އެހެން މެމްބަރުން، ފެންނާކަށް ނެތްކަމަށް ވަނީ ބުނެފައެވެ.

ކެޓުރީނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޔޫޓިއުބްގައެވެ. އެކްރޮބެޓިކް ރޮކް 'އެން' ރޯލް ޑާންސަރެއްގެ ގޮތުގައި ވީޑިއޯތަކުން ފެންނަ ގޮތުގައި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އޭނާ ފެނިފައިވެއެވެ.

ނމަވެސް 2015 ވަނަ އަހަރުން ފެށިގެން ރޮއިޓާސްގެ ނިއުސް އެޖެންސީއަކުން ކުރި ތަހުގީގަކުން އޭނާ މުޅިން ތަފާތު ކަމަކުން ފެނުނު ކަމާއި މޮސްކޯގެ އެލީޓުންގެ މެދުގައި އޭނާގެ ގުޅުންތަކާއި ނުފޫޒު އޮތް މިންވަރު ހާމަވެގެން ދިޔަ ކަމަށެވެ.

މޮސްކޯ ސްޓޭޓް ޔުނިވާސިޓީގެ އިންސްޓިޓިއުޓް ފޯ މެތަމެޓިކަލް ރިސާޗް އޮފް ކޮމްޕްލެކްސް ސިސްޓަމްސްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ކެޓުރީނާ އަކީ ބޭންކް ރޮސިޔާގައި ވެސް ހިއްސާއޮންނަ ޕޫޓިންގެ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށްވާ ނިކޮލައި ޝަމަލޯވްގެ ދަރިކަލުން ކިރިލް ޝަމަލޯވްގެ އަންހެނުންނެވެ.

އެ ރިޕޯޓުގައި އެ ޖޯޑުގެ ކޯޕަރޭޓް ހޯލްޑިންގްސްގެ އަގު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު، އެހެން މުދަލުގެ އިތުރުން، އެ ދެމަފިރިންގެ މިލްކިއްޔާތުގައި ހުރި މުދަލުގެ އަގު ވެސް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ކިރިލްއަށް މިހާރުވެސް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް