ads
ކެޓްރީނާ
ސިފަ ހަޑިކަމަށް ބުނެ އެތައް ފިލްމަކުން އަހަރެން ބޭރު ކުރި: ކެޓްރީނާ
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކެޓްރީނާ ކައިފް ހާމަކޮށްފައިވާ ގޮތުގައި ބޮލީވުޑްގެ ހަޔާތް އޭނާ ފެށި ދުވަސްވަރަކީ ޑިޕްރެޝަނާއި އޭނާ ހަނގުރާމަ ކުރަން ޖެހުން ދުވަސްވަރެކެވެ.
Advertisement

ސަލްމާން ހާން އާ އެކު "މޭނޭ ޕްޔާރު ކިޔުން ކިޔާ"އިން ބޮލީވުޑްއަށް ނިކުތް ބަތަލާ ބުނި ގޮތުގައި ސިފަ ހަޑި ކަމަށާއި އެކްޓް ކުރަން ނޭނގޭ ކަމަށް ބުނެ އެތައް ފިލްމަކުން އޭނާ ވަނީ ބޭރު ކޮށްފައެވެ. 

އެގޮތުން ދިމާއަށް ވެސް އޭނާއަކީ ހުތުރު މީހެއް ކަމަށް ޕްރޮޑިއުސަރުން ބުނެފައި އެބަ ހުރި ކަމަށާއި އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި ކަންކަމުގައި މާޔޫސްވެ ޑިޕްރެޝަނާއި ހަނގުރާމަ ކުރަން ޖެހުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެގޮތުން އޭނާ އާ އެކު ފިލްމް ތަކުގައި ސޮއި ކުުމަށް ފަހު ވެސް ބަތަލާ ބަދަލުކޮށްފައިވާ ކަމަށާއި ބައެއް ފަންނާނުން އޭނާއެކު ފިލްމް ކުޅެން ދެކޮޅު ހަދައިފާވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މިއަދު އޭނާގެ ކާމިޔާބީއަކީ އޭނާގެ ހިތްވަރުކަމަށާއި އަމިއްލަ ނަފްސަށް އިތުބާރުކޮށް ކާމިޔާބު މީހަކަށް ވުމަށް ދުވަސް ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިން ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން ބަތަލް ސަލްމާން ހާން ވެސް ވަނީ ކެޓްރީނާއަށް ފިލްމް ތަކުން ބޭރު ކުރާތީ އެކަމާ އަބަދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ. ސަލްމާން ބުނިގޮތުގައި ޖޯން އަބްރަހަމް އެކު ކުޅެން ލިބުން ފިލްމަކުން ކެޓްރީނާ ބޭރު ކުރުމުން ވަރަށް ރުއި ކަމަށެވެ. ނަމަވެސް އޭރު ވެސް ކެޓްރީނާ ގާތުގައި ނުރުއިމަށް ބުނި ކަމަށާއި އެ ކަހަލަ ކިތަންމެ ކަމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ނަސޭޙަތް ދީފައިވާ ކަމަށާއި ފަހުން ޖޯން ދެރަވާނެ ކަމަށާއި ކެޓްރީނާ އަކީ އެންމެ ޓޮޕްއަށް އަރާނެ ތަރިއެއް ކަމަށް އޭރު ވެސް ސަލްމާން ބުނި ކަމަށް ވެ އެވެ.

ސަލްމާން އާ ލޯބީގެ ގޮތުން ވަކިވި ނަމަވެސް އެކުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ކެޓްރީނާ ވަނީ ބުނެފަ އެވެ. މި ދާއިރާގައި އެންމެ އެހީތެރިކަން ފޯރުކޮށްދިން ފަރާތަކީ ވެސް ސަލްމާން ކަމަށް ކެޓްރީނާ ބުންޏެވެ. މި ދެތަރިން އެއްކޮށް ފެނިގެންދާ ފިލްމް "ޓައިގަރު 3" މިއަހަރު ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ.

30%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް