ads
ވިރާޖަކީ ކޮމޯލިކާގެ ކުރީގެ ލޯބިވެރިޔާ: ބޭނުންވަނީ ޕްރޭނާ މަރާލުން
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ވިރާޖަކީ ކޮމޯލިކާގެ ކުރީގެ ލޯބިވެރިޔާ ކަމަށާއި ދެމީހުންގެ ރޭވުމަކީ ޕްރޭނާ މަރާލުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ނޫސްތަކުން ބުނާގޮތުގައި ވިރާޖް އަކީ ކޮމޯލިކާގެ ކުރީގެ ލޯބިވެރިޔައެވެ. އަދި އޭނާ މިހާރު އުޅެނީ ކޮމޯލިކާ އާ ގުޅިގެންނެވެ. ވިރާޖުގެ މަގުސަދަކީ ވެސް ޕްރޭނާ މަރާލުން ކަމަށާއި ޕްރެނާ އާއި ވިރާޖު ކައިވެނިކުރުމަށް ހަމަޖެހިފައިވާ ދުވަހު އޭނާ މަރާލުމަށް ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. 

އެގޮތުން ޕްރެނާ މަރާލަން ރާވާފައިވަނީ ކާރަކުން ޖައްސާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. 

މިހާރު ދައްކާ އެޕިސީޑުތަކުން ފެނިގެންދަނީ ޕްރެނާ އާއި ވިރާޖު ކައިވެންޏަށް ތައްޔާރީތައް ވާ މަންޒަރެވެ.

ކަސޯޓީގެ ދެވަނަ ބައި ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ދެވަނަ ބައިގައި ޕްރެނާގެ ރޯލުން ފެނިގެންދަނީ އެރިކާ ފެނާންޑެސްއެވެ. 

އަނޫރާގްގެ ރޯލުން ޕާތު ސަމްތާނު ފެނިގެންދާއިރު ކޮމޯލިކާގެ ރޯލުން ފެނިގެންދަނީ އަމްނާއެވެ. މީގެ ކުރިން ކޮމޯލިކާގެ ރޯލުން ފެނިގެންދިޔައީ ހީނާ ހާނެވެ.

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް