ads
ގަލޮޅު ދަނޑު--
ގަލޮޅުދަނޑު ހެދުމުގެކުރިން ރައްޔިތުންނާ މަޝްވަރާ ކޮށްފައިނުވާތީ ޔޫތު މިނިސްޓަރު މަޖިލީހަށް
ގަލޮޅު ރަސްމީ ދަނޑުގެ ބަދަލުގައި އާ ދަނޑެއް ތަރައްގީ ކުރުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކޮށްފައި ނުވާތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.
Advertisement

މަހުލޫފް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މީކާއީލް ވިދާޅުވީ އެތާންގައި އާ ދަނޑެއް ހަދަން ނިންމާފައިވާއިރު އެކަމާބެހޭ އެއްވެސް މަޝްވަރާއެއް މާލޭގެ ރައްޔިތުންނާވެސް އަދި އެސަރަހައްދުގައި އުޅޭ މީހުންނާވެސް ކޮށްފައި ނުވާ ކަމަށެވެ. 

މިކަމުގައި އާންމުންނާ މަޝްވަރާ ކުރުމަށް ގަސްތު ކުރައްވަނީ ކޮން އިރަކުތޯ އާއި މާލޭ މެދުގައި މި ދަނޑު ތަރައްގީ ކުރުމުގެ ބަދަލުގައި މި ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެނައުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭތޯ ސުވާލުކުރުމަށް ވެސް މީކާއީލް ވަނީ ހުށަހަޅުއްވާފައެވެ. 

އަލަށް ހަދަން ނިންމާފައިވާ ދަނޑާބެހޭ ގޮތުން އާންމުދަނީ ތަފާތު ހިޔާލުތައް ފާޅު ކުރަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އަނެއްކާވެސް މި ދަނޑު މާލޭގެ ކާރުބާރޫ ބޮޑު މަޖީދީ މަގުގައި ތަރައްގީ ކުރުމަކީ އެންމު ރަނގަޅު ގޮތްތޯ ވަނީ ސުވާލު އުފައްދާފައެވެ. 

11500 މީހުންގެ ޖާގައިގެ މިދަނޑަކީ އިންޑިޔާގެ އެލްއޯސީގެ ޑަށުންތަރައްގީ ކުރެވޭ ދަނޑެކެވެ. މިއީ 18 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް