ads
ސްރީލަންކާ
ލަންކާއަށް ދަތުރު ނުކުރުމަށް ބައެއް ގައުމުތަކުން އަންގައިފި
ލަންކާގެ ރައްޔިތުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރު ނުކުރުމަށް އެދި ބައެއް ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބުމުގެ ސަބަބުން ގިނަ ރައްޔިތުން އަންނަނީ އެގައުމުގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވަމުންނެވެ. 

މީގެ އިތުރުން މުޒާހަރާ ތަކުގައި ދައުލަތުގެ މުދަލާއި ފުލުހުންގެ ވެހިކަލްތަކަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގެއްލުން ދެމުންނެވެ. 

އެގައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމަށް ދަތުރު ނުކުރުމަށް އެދި ޓްރެވެލް އެޑްވައިޒަރީ ނެރެފައިވާ ގައުމު ތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޖަރުމަނު ހިމެނެއެވެ. 

މިގައުމު ތަކުން ނެރެފައިވާ އެޑްވައިޒަރީގައި ބުނެފައިވަނީ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރު ވެސް، އެކަށީގެންވާ ވަރަށް ކާބޯތަކެތި ގެންދިއުމަށް އެދޭ ކަމަށެވެ. 

ލަންކާގެ ހާލަތު ގޯސްވެ ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އެގައުމުގެ ކެބިނެޓުގެ ގިނަ ވަޒީރުން ވަނީ އިސްތިއުފާ ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް