ads
ގދ.ފިޔޯރީ އައިސް ޕްލާންޓް
އައިސް އެޅުމަށް އެތައް ދޯންޏެއް އޮއްވައި އައިސް ޕްލާންޓުން ތެޔޮ ހުސްވެއްޖެ
ގދ. ފިޔޯރީ އައިސްޕްލާންޓުން އައިސް އަޅަން އެތައް ދޯންޏެއް އޮއްވައި އެ ޕަލާންޓުން ތެޔޮ ހުސްވެގެން އައިސް އެޅުން ހުއްޓިއްޖެ އެވެ.

އެއައިސް ޕްލާންޓަކީ 10،000 ލީޓަރު ތެޔޮ ރައްކާ ކުރެވޭ ގޮތަށް ހުރި ޕަލާންޓެއް ކަމަށް ވިޔަސް އެންމެފަހުން އަޅާފައިވަނީ ޖުމްލަ 3000 ލީޓަރުގެ ތެލެވެ. 

ގދ.ފިޔޯރީގައި ހުންނަ އެޕްލާންޓުން ދުވާލަކަށް އުފެއްދެނީ އަށް ޓަނު އައިސް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެ ރަށު ކައުންސިލުން "ސީއެންއެމް"އަށް ބުނީ ރޭ ވަރަށް ގިނަ ދޯނި ފަހަރު އެރަށަށް އައިސް އެޅުމަށްޓަކައި ދިޔަ ކަމަށެވެ. އަދި މިއަދު މެންދުރު ފަހުން އެރަށަށް ދިޔަ ދެ ދޯންޏެއް އައިސް ނުލިބިގެން އެނބުރި ގޮސްފައިވާ ކަމަށެވެ. 

"މިއަދި މިރަށަށް ދެދޯންޏެއް އައިސްފައި ހިނގައްޖެ އައިސް ނުލިބިގެން" ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު ވިދާޅުވިއެވެ.

ކައުންސިލުން ބުނީ ފިޔޯރީ އަކީ ބޮޑުފަޅެއް އޮތް ރަށެއް ކަމުން، އެއައިސްޕްލާންޓަކީ މަސްވެރީންނަށް ވަރަށް ފަސޭހަ ތަނެއް ކަމަށެވެ. އަދި އެ އައިސްޕްލާންޓުގެ ކެޕޭސިޓީ 50 ޓަނަށް އިތުރު ކޮށްދެއްވުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. 

މިދުވަސްކޮޅަކީ ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅު ދުވަސްކޮޅެކެވެ. މަސްވެރިކަން ރަނގަޅު ވުމުގެ ސަބަބުން މިފްކޯއިންވަނީ މަސްގަތުން ކޮންޓްރޯލު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް