ads
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އާޒިމް -- ފޮޓޯ/ މަޖިލިސް
މާލޭ މީހުންނަށް ދޭ ގޯއްތިތަކަށް ކުރިމަތިލާން ޖޫންގައި ހުޅުވާލާނެ: އަކްރަމް
މާލޭ ރަށްވެހިންނަށް ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިދިޔަ އަންގާރަ ދުވަހު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓްރީން ހާޒިރުކޮށް ކުރިމަތި ކުރެއްވި ސުވާލުތަކުގެ ތެރެއިން މިދައުރު ނިމޭއިރު، ކިހާބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެެވޭނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އަކްރަމް ވިދާޅުވީ، ގޯތި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވިފަދައިން އެކަން ކުރާނެ ކަމަށާއި، މާލޭ ރަށްވެހިންނަށް ދޭން ވައުދުވެވަޑައިގެންނެވި، ގޯތި ތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަދި ފްލެޓުގެ އިތުރަށް ގޯތި ދެއްވަން ރައީސް ހަމަޖައްސަވާފައި އޮތީ. އެހެންވީމަ އެކަން ވެސް ހިނގާނެ. އަޅުގަނޑަށް ހީވަނީ ޖޫން އެތާ އިއުލާން ކުރައްވާނެ ހެން" އަކްރަމް ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީން މާލޭ ރައްޔިތުންނަށް ބިން ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ. 

އެންމެ ފަހުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ހާމަކުރެއްވި މައުލޫމާތައް ބަލާއިރު، އެކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެޗްޑީސީގައި ވަނީ އެދިފައެވެ. އަދި ވެށިފަހި ޕްރޮގްރާމްގެ ދަށުން 2008 ގައި ދޫކުރި 1،250 އަކަފޫޓުގެ ބޮޑުމިން ހުންނަ ވަރުގެ ބިން ދެވަނަ ފިޔަވަހީން މާލެ ރައްޔިތުންނަށް ދޫކުރާނެއެވެ.

"1،000 ގޯތި އަޅުގަނޑުމެން ސަރުކާރާ ހަވާލުކޮށްދޭނަން. ދެން ސަރުކާރުން ނިންމަވާނީ އެ ގޯތި ހަވާލުކުރާނެ ގޮތްތަކެއް. 

މާލޭ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވާ ގޮތް

  • ހުޅުމާލެއިން 1،250 އަކަފޫޓުގެ 1،000 ގޯތި
  • ގުޅީފަޅުން 2،000 ގޯތި
  • ގިރާވަޅު ފަޅު ހިއްކައިގެން 2،000 ގޯތި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް