އޭނާ ދެރެވެފައި އެ އިނީ ނައިޓް ޝިފްޓު ޝޫޓުގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ޝޯގެ ފުރަތަމަ ބައިން ޕްރެނާގެ ރޯލުން ފެނިގެން ގޮސްފައި ވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީ އެވެ.
ޝޯގެ ދެވަނަ ބައިން ޕްރެނާގެ ރޯލުން އެރިކާ ފެނިގެން ދިޔައިރު އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާރްތު ސަމްތާން އެވެ. އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދަނީ އަމްނާއެވެ. ކަސޯޓީގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އުމުރުން 26 އަހަރުގެ އެރިކާ އެންމެ ފަހުން ފެނިގެން ދިޔައީ ސޮނީ އެންޓަޓެއިންމެންޓް އިން ދެއްކި 'ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ' އިންނެވެ.