ads
ނަދީ ފޮޓޯއަކަށް ހުއްޓިލައިގެން
ނަދީ ބުނަނީ ހަގީގީ ލޯއްބެތް ނުވާނެ ކަމަށް!
ޓިކްޓޮކްގައި ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ނަދީ ލޯއްބާއި ބެހޭ ގޮތުން އޭނާ ދެކޭގޮތް ހާމަކޮށްފިއެވެ.
Advertisement

ނަދީ އަކީ އޭނާ ޓިކްޓޮކަށް ދޫކޮށްލާ ވީޑިއޯ ތަކުން މަދު ވަގުތުކޮޅެއް ތެރޭ ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަ ފަންނާނެކެވެ. 

މިފަހަރު ނަދީ އޭނާގެ ޓިކްޓޮކްގައި ލޯއްބާއި ގުޅޭ ގޮތުން އާއްމު ކުރި ވީޑިއޯއަށްވެސް ވަނީ އެތައް ބައެއްގެ ސަމާލުކަން އައިސްފައެވެ. ނަދީ ވަނީ ހަގީގީ ލޯބި ކިޔާ އެއްޗެއް ނޯންނަ ކަމަށް ބުނެފައެވެ. އަދި ލޯއްބޭ ކިޔައިގެން މީހުން ދައްކަނީ ހުސް "ފޭކު" ވާހަކަތައް ކަމަށްވެސް ނަދީ ވަނީ ބުނެފައެވެ. 

"ހުސް ފޮނި ތިކަނޑަނީ. ކޮން ދާއިމީއެއް. ތީ ވަގުތީ ލޯބި. އަހަރުމެން ދަންނަ ލޯއްބެކޭ ތިއީ. ތި ލޯބި އަހަރުން ދަންނަމުއޭ. އާ.. ތިކަނޑަނީ ހުސް ފޮނި. ފޮންޏޭ ތިކަނޑަނީ." ޓިކްޓޮކްއަށް ނަދީ ލީ ޑުއެޓެއްގައި އޭނާ ބުންޏެވެ.

އާއްމު ގޮތެއްގައި ނަދީ ދޫކޮށްލާ ވީޑިއޯތަކަކީ، އެ ދުވަސްވަރެއްގައި އެތައް ބަޔަކު އެ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ބޭނުން ކުރާ ވީޑިއޯތަކެއް ކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން މި ވީޑިއޯވެސް ދިވެހިންގެ ތެރޭގައި ވައިރަލް ވެގެން ދާނެ ކަމީ ދެބަސް ވެވެން ނެތް ކަމެކެވެ. 

މީގެ ކުރިން ނަދީ އާއްމު ކުރި ބޮމްބޭ ޓީ ވީޑިއޯ އަކީވެސް އަދިވެސް އެތައް ބަޔަކު އެ ވީޑިއޯގެ ބޭނުން އެކި ގޮތްގޮތުން ހިފަމުން އަންނަ ވީޑިއޯއެއް ކަން ފާހަގަ ކުރެވެއެވެ. އަދި އެ ދުވަސްކޮޅު އެކި ކެފޭ ތަކަށް ބޮމްބޭ ޓީ ބޯން ދާމީހުންވެސް ގިނަކަން ފާހަގަ ކުރެވުނެވެ. 

ބައެއް ފަރާތްތަކުން ނަދީގެ ވީޑިއޯތަކަށް މަލާމާތް ކުރިނަމަވެސް، ނަދީ އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީހެކެވެ. މިހާރުވެސް އޭނާގެ ޓިކްޓޮކް އެކައުންޓު ފޮލޯ ކުރާ 24،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. 

23%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް