ވެލެންސިޔާއާ ޓީސީ ކުޅުނު މެޗުގައި ޓީސީން ކުރިން ލަނޑު ޖަހައި އެއް ލަނޑުގެ ނަތީޖާއަކުން މެޗު ނިމެން ދަނިކޮށް ވެލެންސިޔާއިން އެއްވަރު ކުރީ މެޗުގެ ފަހު ވަގުތުގައި ބިދޭސީ ފޯވާޑު ބޯހާސް ޖެހި ލަނޑުންނެވެ.
މިދިޔަ ހަފުތާގައި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީއާ ވެލެންސިޔާ ކުޅުނު މެޗުގައިވެސް ފަހު ވަގުތު ވެލެންސިޔާ ސަލާމަތް ކޮށްދިނީ ބޯހާސްއެވެ.
ހުކުރު ދުވަހުގެ ރޭ ޓީސީއާ ވެލެންސިޔާ ކުޅުނު މެޗުގައި ޓީސީން ޖެހި ލަނޑު ޖެހީ ޒަޔާން ނަސީރުއެވެ. ޓީސީ ކުޅުންތެރިއަކަށް ދެވަނަ ހާފުގައި ދެއްކި ރަތް ކާޑަކާއެކު ޓީސީން މެޗު ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.