ads
ގދ. އަތޮޅުގައި ހިންގަމުން އަންނަ އައުޓްރިގާ ކޮނޮންޓާ ރިސޯޓު
ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ
ގދ. އަތޮޅުގައި ހިންގަމުން އަންނަ އައުޓްރިގާ ކޮނޮންޓާ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

"ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ، އައުޓްރިގާ ކޮނޮންޓާ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 38 އަހަރުގެ ބިދޭސީއެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ ހާލު ދެރަވެގެން އިތުރު ފަރުވާ ދިނުމަށް، ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ދަތުރު ކުރަމުން ދަނިކޮށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެމުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ، ބިދޭސީ މީހާ އެ ހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި މިހާރު އެމީހާގެ ހަށިގަނޑު ރިސޯޓާއި ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ބުންޏެވެ. 

މީގެ އިތުރުން މިއަދުގެ ހަވީރުގެ ވަގުތެއްގައި އޭނާ މެއަށް ތަދުވެގެން ބޭސް ބޭނުން ކުރި ކަމަށް ރިސޯޓް ޑޮކްޓަރު މައުލޫމާތު ދިންކަމަށް އޮފިޝަލް ބުންޏެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދިން ތިނަދޫ މީހަކު ބުނީ، ބިދޭސީ މީހާ ލޯންޗަށް އެރި ފަހުން މޭގައި ރިއްސާގެން އުޅުނު ކަމަށް ލޯންޗުގެ ފަޅުވެރިން ބުނި ކަމަށެވެ. 

އޭގެ އިރުކޮޅެއް ފަހުން ބިދޭސީ މީހާ ހަބަރު ހުސްވި ކަމަށާއި، އެހެންނަމަވެސް އޭރު ބިދޭސީ މީހާ މަރުވީކަން އެއްވެސް ފަޅުވެރިއަކަށް ނޭނގޭ ކަމަށެވެ. 

މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް