ads
ކުލި ކުޑަކުރުމާ ބެހޭ ޕެޓިޝަނެއްގައި ހިޔާގެ އަހުލުވެރިން ސޮއިކުރަނީ
ދިރިއުޅޭތާ 7 ފަހުން ވެސް ކުލި ނަގަން ފެށުމުން ވެސް ހިޔާ ޔޫނިއަން އިން ހަދަނީ ދެކޮޅު!
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅޭތާ ހަތް މަސް ފަހުން ކުލި ނަގަން ފެށުމުން ވެސް ކުލި ނުދައްކަން ގޮވާލައި ކުލި ދެއްކުމަށް ހިޔާ ޔޫނިއަނުން މިއަދު ދެކޮޅު ހަދައިފި އެވެ.

އެޕްރިލް 2022 ގައި ހިޔާ ފުލެޓުގެ ކުލިނަގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނެރެފައިވާ ޢިޢުލާނާއި ގުޅިގެން މިއަދު ހިޔާ ޔޫނިއަނުން ނެރުނު ބޔާނެއްގައި ބުނެފައިވަނީ  ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނެރިފައިވާ ޢިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އެ ޔޫނިއަނުން ނުދެކޭ ކަމަށެވެ.

މިކަކަމާ ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުސުހައިލު އަހްމަދު ސީއެންއެމް އަށް ވިދާޅުވީ ކުލި ދެއްކުމުގެ ކަންކަން ރަންގަޅަށް އޮމާންކޮށް ކުރިއަށް ދާކަމަށެވެ. އަދި މި ބަޔާނާ ބެހޭ ގޮތުން ޖަވާބު ދެއްވާނެ ކަމަށެވެ. 

"އެހެން. އާދެ. ކުލި ދެއްކުމުގެ ކަންކަން ރަނގަޅަށް ކުރިއަށް އެބަދޭ. ތިފަދަ ބަޔާނެއް ނެރުއްވާފަ އޮތިއްޔާ އެއަށް އަޅުގަނޑު ޖަވާބު ދޭނަން" ސުހައިލު ވިދާޅުވިއެވެ.

ޔޫނިއަނުން ބުނީ މެއިންޓަނަންސް ފީ ހިމެނޭގޮތަށް ކުލި ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާއި ހިލާފު އެންގުމެއް ކަމަށާއި، މެއިންޓަނަންސް ފީ ނެގޭނީ އެގްރިމަނަޓްގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާފަދައިން ކޮންމެ 2 ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށާއި، އަދި މިކަން ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމަން ވާނެކަންވެސް ވަނީ ހިޔާގެ ވެރިންނާއި އެކު ވެވިފައިވާ އެއްބަސްވުމުގައި ބުނެފައިވާކަމަށެވެ.

މިސަބަބުގެ އިތުރުންނާއި ހިޔާ ޝަހަރުގައި ހުރިއެތައް މައްސަލަތަކަކާއި ވަކިވަކި ފަރުދުންގެ ހާލަތްއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ރިޔާއަތްކޮށް ހިޔާ ފުލެޓުގެ ކުލި ނެގުން އަދިވެސް އަވަސްކަމުގައި އެ ޔޫނިއަންނުން ގާބޫލުކުރާ ކަމަށާއި، އެހެންކަމުން ކުދި އަދި މެއިންޓަނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެޔޫނިންއަނުން އަންގާ ކަމަށް ވަނީ ބުނެފައެވެ. 

ހަމައެއާއެކު ކުލި ނުދައްކައި މަޑު ޖައްސާލުމަށްވެސް ހިޔާގެ ވެރިންގެ އަރިހުން އެދޭކަމަށް މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ. 

ހިޔާ ޔޫނިއަންގެ ރައީސް އަބްދުﷲ އަމްޒަލް ވިދާޅުވީ ކުލިދެއްކުމުގެ ކަންކަން އޮމާންކޮށް ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި އެކަން އެ ޔޫނިއަންގެ ނޫސްބަޔާނުގައިވެސް ފާހަގަ ކޮށްފައިވެއެވެ. 

ހިޔާ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއްހޯދުމުގެ ގޮތުން ރައީސް ޔާމީނުގެ ސަރުކާރުން ދިވެހިރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އިޖްތިމާއީ ބޯހިޔާވަހިކަމެއް ފޯރުކޮއްދިނުމުގެ މަގްސަދުގައި ހިންގުނު މި މަޝްރޫއަކީ 573 އަކަފޫޓް ބޮޑު 2 ކޮޓަރީގެ ޔުނިޓުތަކެއް ހިމެނޭގޮތަށް ހަދާފައިވާ 25 ބުރީގެ 16 އިމާރާތެވެ. 

މިކަމާއި މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވއެވެ. އެގޮތުން ހިޔާ ފުލެޓުތަކަކީ މީހުން ދިރިއުޅެން އެކަށޭނަ ތަނެއް ނޫންކަމަށްރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއިއެކު މިހާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ހިޔާ ފްލެޓްތަށް ތަޅާލަންވެސް ހިތަށް އެރިކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް