ads
ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދް ބާގިރު - ފޮޓޯ: އަވަސް
ޒިޔާދުގެ ކޮރަޕްޝަންގެ ދައުވާ ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފު މާދަމާ ފަށަނީ
ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ ހައިކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހައި ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:45 އަށެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއި އެކުވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މަސައްލާގައި ދައުވާކުރީ ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު/ އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.  

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި މިދިޔަ ނޮވެމްބަރު މަހު ކުރި ހުކުމުގައި ވަނީ އެ ދެމީހުންގެ މައްޗަށްވެސް އެ ކުށް ސާބިތުނުވާ ކަމަށް ނިންމާފައެވެ. 

އެ ހުކުމް ބުނީ އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި ސޮއިކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ހެދި އެއްބަސްވުމެއް ކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި، އެއްބަސްވުމުގައި ކުށެއް އޮއްވާ އެއްބަސްވުމުގައި ސޮއިކުރި ކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލޭނެ އެއްވެސް އުންސުރެއް ވެސް ނެތް ކަމަށް ގާޒީ ހުކުމުގައި ވިދާޅުވި އެވެ. 

އޭގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުން އެސްޖޭ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޭން ޖެހުމުން ދައުލަތަށް ގެއްލުންވި ކަމަށް ބުންޏަސް، އެކަން ސާބިތުނުވާ ކަމަށް ހުކުމުގައި ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް