މީގެ ކުރިން ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުތަކެއް-- ފޮޓޯ: ސަން
ކަދުރު ލިބޭނީ ރަމަޟާން މަހުގެ ފަހު 10 ގައި
Share
ސައުދީ ސަރުކާރުން ރަމަޟާން މަހާއި ދިމާކޮށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ފޮނުވާ ކަދުރުތައް، މި އަހަރު ލިބޭނީ ރަމަޟާން މަހުގެ ފަހު 10 ގެ ތެރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިއަހަރު ސައުދީއިން ފޮނުވާ ކަދުރު ރާއްޖެއަށް ނުލިބެނީތޯ ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ދަނޑިވަޅެއްގައި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާ ވިދާޅުވީ، މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވަން ހަމަޖެހިފައިވާ ކަދުރު ލިބުމުގައި ލަސްވާ ސަބަބު ނޭނގޭ ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ކަދުރު ރާއްޖެއަށް ފޮނުވަން ޝިޕް ކޮށްފައި ވާކަމަށާއި، ރަމަޟާން މަހުގެ ފަހު 10 ގެ ތެރޭ ކަދުރު ރާއްޖެއަށް ލިބޭނެ ކަމަށް ސައުދީ އެމްބަސީއިން މައުލޫމާތު ދީފައި ވާކަމަށްވެސް އަފްރާ ވަނީ ބުނެފައެވެ. 

މިދިޔަ 2020 އަހަރު ރާއްޖެއަށް ސައުދީއިން 50 މެޓްރިކް ޓަނުގެ ކަދުރު ދީފައިވާއިރުގައި 2021 ދީފައިވަނީ 24 މެޓްރިކް ޓަނުގެ ކަދުރެވެ. އެހެންކަމުން 2020 ވަނަ އަހަރުގައި ލިބުނު ކަދުރާ އަޅާބަލާއިރުގައި 2021 ވަނައަހަރު ލިބުނު ކަދުރުގެ އަދަދުވަނީ 26 ޓަނުުން ދަށަށް ގޮސްފަ ކަމަށް ފާހަގަކުރެވެ އެވެ.

މިއަހަރު ކަދުރު ލިބިފައިވާ މިންވަރު އަދި މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް