ads
ބ. ފުޅަދޫ ސްކޫލް / ފޮޓޯ: ފުޅަދޫ ފޭސްބުކް ޕޭޖް
ފުޅަދޫ ސްކޫލުގެ ޓީޗަރަކު ކުއްލި ގޮތަކަށް މަރުވެއްޖެ
ބ. ފުޅަދޫ ސްކޫލުގައި ކިޔަވައިދެމުން ދިޔަ މުދައްރިސަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
Advertisement

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދެއްކި އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ، މަރުވީ އެރަށު ސުކޫލުގެ ސައިންސް މާއްދާ ކިޔަވައިދެމުން ދިޔަ އިންޑިއާގެ ޓީޗަރު ކަމަށްވާ މަނޯޖް ކުމާރް ކަމަށެވެ. 

މީގެ އިތުރުން މެމްބަރު ވިދާޅުވީ، މަނޯކް ކުމާރް މަރުވީ، މިއަދު މެންދުރު 12:00 ހާއިރު ސިއްހީ މައްސަލަތަކެއް ދިމާވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. 

"ޓީޗަރު މަރުވީ 12 ޖަހާކަށް ހާއިރު މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް. ޑޮކްޓަރުން ވިދާޅުވީ، ޓީޗަރު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް." މެމްބަރު ވިދާޅުވިއެެވެ.

މީގެ އިތުރުން މެމްބަރު ބުނީ، މިހާރު ޓީޗަރުގެ ހަށިގަނޑު މާލެއަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓީޗަރުގެ މަރާއި އެކު ގިނަ ދަރިވަރުން އެކަމާއި މެދު ހިތާމަ ފާޅު ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. 

މަނޯޖްކުމާރު ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަނޯޖްކުމާރުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އޭނާ ވަނީ ރާއްޖޭގެ އެކި ސުކޫލް ތަކުގައި އަށް އަހަރު ވަންދެން ޓީޗަރެއްގެ މަސައްކަތް ކޮށްދީފައެވެ. 

33%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް