ads
ތިނަދޫ ފްލެޓްތައް ފޮޓޯ ޓައިމްސް އޮފް އައްޑޫ
ތިނަދޫ ފުލެޓް ސަރަހައްދުގައި އަޑުގަދަ ނުކުރުމަށް އެދިއްޖެ
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ ފުލެޓް ސަރަހައްދުގައި އަޑުގަދަ ނުކުރުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

ތިނަދޫ ކައުންސިލްގެ، ރައީސް ސައުދު އަލީ ވިދާޅުވީ ފުލެޓް ސަރަހައްދުގެ ބައެއް ފުލެޓް ތަކުގައި މައްސަކަތް ކުރާ ފަރާތްތަކުން ރޭގަނޑު ނުވައެއްގެ ފަހުންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަޑުގަދަވެ ކުދިން ނިންދެވުމަށާއި، ކިޔަވާ ކުދިންނަށްވެސް ފިލާވަޅު ދަސްކުރުމާއި އެހެނިހެން ކަންކަމުގައި އުނދަގޫ ތައް ވަމުންދާތީ ބެލެނެވެރިންނާއި އާންމު ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން ފުލުހުންވެސް އެސަރަހައްދަށް އެޓެންޑް ވެފައިވާ ކަމަށާއި، އަދި ގަވައިދު ބުނެފައިވާ ގޮތަށް އަަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅޭނެ ކަމަށްވެސް އޭނާ ވިދާޅު ވިއެވެ. 

"ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން އަޅާފައިވާ 120 ފުލެޓަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަނަކަށް ވާތީ ރޭގަނޑު 21:00 ފެށިގެން ހެނދުނު 8:00 އާއި ދެމެދު ފުލެޓް ތަކުގައި ދިރި އުޅޭ ފަރާތްތަކަށް އަޑުގަދަވާ ޒާތުގެ އެއްވެސް މަސަކަތެއް ކުރުމަކީ މަނާ ކަމެއް." ސައުދު ވިދާޅު ވިއެވެ.

ތިނަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުލެޓް ސަރަހައްދުގައި އެނޫން ގަޑިތަކުގައިވެސް މަސައްކަތް ކުރަންވާނީ ކައުންސިލުން ހާސަ ހުއްދައެއް ނަގައިގެން ކަމަށެވެ. 

އަދި އޭގެ ސަބަބުން އަނެކުންނަށް އުދަނގޫވެ، އާންމު އުދަނގުލާއި ކުރިމަތިލާން ޖެހުމުން ފުލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ ކަމުގައެވެ.

އަދި އިތުރަށް ސައުދު ވިދާޅުވެފައި ވަނީ އެފަދަ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަޑައަޅާފައިވާ ގަޑި ތަކުގައި މަސައްކަތް ކުރާފަރާތް ތަކުންވެސް މަސައްކަތް ކުރުމަށެވެ. އެގޮތުން މަސައްކަތް ކުރާ ފަރާތްތަކުން ހެނދުނު އަށަކުން ރޭގަނޑު ނުވަޔަކަށް މަސައްކަތް ކުރުމަށް އެދިފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް