އެއީ އެކުންފުނީގެ މައި އޮފީހުގައި އޮފީސް އެސިސްޓެންޓެއް ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ރުބެލްއެވެ. އޭނާ ބުނީ ރާއްޖޭގައި މަސައްކަތް ކުރާތާ 24 އަހަރު ވެއްޖެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާތާ 24 އަހަރުވީ މުހައްމަދު ރުބެލް
ރުބެލްގެ މަސައްކަތް އާރުޑީސީން ފާހަގަކޮށް އޭނާގެ މަސައްކަތް ފެށިގެން އައި ގޮތުގެ އިންޓަވިއުކޮޅެއް ވަނީ އެކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ދަުކޮށްލާފައެވެ.
ފުރަތަމަ ޕަބްލިކްސް ވޯކްސްއިން މަސައްކަތް ފެށި ރުބެލް ވަނީ ޕްލޭނިން މިނިސްޓްރީއާއި އެމްއާރުޑީސީގައި ހިދުމަތް ކޮށްފައެވެ. ރުބެލް ބުނީ އޭނާ ކުންފުނީގެ އެމްޑީއާ ޑީއެމްޑީގެ މީޓިންތަކަށް މީޓިން ރޫމް ތައްޔާރުކޮށްދޭ ކަމަށެވެ.