ads
ފުލުހުންގެ ބާރުގެ ދަށަށް ޓެލެގްރާމް ޗެނަލެއް ގެނެސް ފޮޓޯ ބަދަލުކޮށްފައި.
ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ އިތުރު ޓެލެގްރާމް ޗެނަލެއް ބަންދުކޮށްފި
ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދީ، އެ ކަމަށް ފުރުސަތު ފަހިކޮށްދޭ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

ފުލުހުން މިއަދު ބުނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް "އެމްވީ ކޯލް ގާލްސް" ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް މައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ދެތިން މަހު މިފަދަ ޓެލެގްރާމް ގްރޫޕުތައް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ. ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރުގެ ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕުތަކުގެ މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމުގެ އިތުރުން އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމުގަ އެވެ.

ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މިފަދަ ކުށް ކުރުމަށް ހިންގަމުން އަންނަ ޗެނަލްތަކާއި ސައިޓުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އެ މަސައްކަތާ އެކު ޝައްކު ކުރެވޭ ތަންތަނާއި މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް