އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ލިބުމުގައި ލަސްތަކެއް ވެފައިވަނީ މި ފެށުނު ރަމަޟާން މަހާއި ކަދުރު މޫސުމާއި ދިމާނުވުމުން ކަމަށެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު، އިސްމާއިލް އަފްރާހު "ސީއެންއެމް' އަށް ވިދާޅުވީ މޫސުން ލަސް ވުމުގެ ސަބަބުން ރަމަޟާން މަސް ތެރޭގައި ކަދުރު ނުލިބުނު ނަމަވެސް ރޯދަމަހުގެ ފަހު ދިހައިގައި ސައުދީން ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު ލިބޭނޭ ކަމަށެވެ.
ފަހު ދިހައިގައި ކަދުރު ލިބޭނެ ކަމަށް ލަފާ ކުރެވިފައިވާތީ، މިހާރުވެސް ކަދުރު ބަހާލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި، މާލެއެކޭ އެއްގޮތަށް ރާއްޖެތެރޭ ރަށްރަށަށްވެސް ކަދުރު ބަހާ ލެވިގެންދާނެ ކަމަށެވެ. ފަހު ދިހަ ނިމުމުގެ ކުރިން ރާއްޖެތެރޭ ރަށްރަށަށްވެސް ކަދުރު ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން މިހާރުވެސް ދާ ކަމަށް އަފްރާހު ވިދާޅުވި އެވެ.