ހަނިމާދޫ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 42 ވަނަ ޖަލްސާގައި ނިންމާފައިވާ މި ނިންމުމުގައި ބުނެފައިވަނީ، ކަ މި އޭޕްރީލް މަހާއި މޭ ( ރޯދަ މަހާއި ޝައްވާލް) މަހުގައި ގޭބީސީތަކުން ނަގާ ކުނި ފީ ނިންމާ ކަމަށެެވެ.
އަދި މި އޭޕްރީލް މަހާއި މޭ މަހުގެ ކުނި ބިލަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކުނި ފީ ކުރިއަށް ފައިސާ ދައްކަންޖެހޭ މަހަށް ބަދަލުކުރުމަށްވެސް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އެކަން އަންގާ ކައުންސިލުން މިހާރު އިއުލާންވެސް ކޮށްފައިިވާއިރު، ދެމަހުގެ ފީ ހިލޭ ވިނަމަވެސް ޖޫން މަހުން ފެށިގެން ކުނި ފީ ގަވާއިދާއި އެއްގޮތަށް ނަގަން ފަށާނެތީ އެ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހުގެ ފީ ދެއްކުމަށް ސަމާލުވުމަށް ކައުންސިލުން ވަނީ އެދިފައެވެ.