ads
ފިލައިގެން އުޅޭ ތަސްނީމް މޫސާ
ރާއްޖެ ގެންނާނެ ކަމަށް ބުނެ މިލިޔަން ޑޮލަރު ހޯދުމަށްފަހު ފިލި ތަސްނީމަށް މަރުގެ އިންޒާރު
ގިނަ އަދަދެއްގެ ކްލަޔަންޓުންގެ އަތުން މިލިޔަނެއްހާ ޑޮލަރު ނެގުމަށް ފަހު ފިލި މަައްސަލައެއްގައި ހޯދަން ފަށާފައިވާ، ޓްރެވަލް އެޖެންސީއެއް ހިންގި ދެކުނު އެފްރިކާއަށް ނިސްބަތްވާ ތަސްނީމް މޫސާ އަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް އޭނާ ބުނެފި އެވެ.
Advertisement

“ހެލޯ ޑާލިންގްސް”ނަމުގަައި އޭނާ ހިންގި ޓްރެވަަލް އެޖެންސީން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ ރާއްޖޭގެ ހުވަފެން ދައްކައިގެންނެވެ. ބައެއް ސެލެބްރިޓީންނަށާއި، އިންސްްޓްގްރާމް މޮޑެލުންނަށް ރާއްޖޭގެ ހިލޭ ޓްރިޕްތައްވެސް އޭނާ ވަނީ އެ އެޖެންސީ އިޝްތިހާރު ކުރުމަށް ދީފައެވެ.

ނަމަވެސް އޭނާގެ 200 އަށް ވުރެ ގިނަ ކްލަޔަންޓުން ވަނީ ފައިސާ ނެގުމަށްފަހު ބުކިން ހަމަޖައްސައި ނުދީ ތަސްނީމް ފިލާގެން އުޅޭ މައްސަލާގައި އޭނާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ އިނީ ވޯންޓެޑް ލިސްޓުގައެވެ.

މިފަހުން ހުރިތަނެއް ހާމަ ނުކޮށް އޭނާ ބޭރުގެ ޓީވީއަކަށް ދިން އިންޓަވިއުއެެއްގައި ބުނީ، އޭނާ ސައުތު އެފްރިކާގައި އެންމެ ފަހުން ހުރީ 2021 ވަނަ އަހަރު ކަމަށެވެ.

ހެލޯ ޑާލިންއަކީ ސްކޭމެއް ނޫންކަމަަށާއި، އެއީ ވަރަށް “ފަގީރުކޮށް ހިންގި ވިޔަފާރިއެއް” ކަމަށް އޭނާ ސިފަކުރިއެވެ.

ހެލޯ ޑާލިންގްސްގެ މައްސަލަގަނޑުގެ ފަހުން އޭނާއަށް އެތައް މަރުގެ އިންޒާރުތަކެއް ލިބެމުންދާކަމަށް އިންޓަވިއުގައި ރޮމުން އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގެ އެކައުންޓު އޭނާ ޑިލީޓުކޮށް ބަންދުކުރީ އޭނާ އުޅޭތަނެއް އެއްވެސް މީހަަކު ޓްރެކްކޮށްފާނެތީ ކަމަށާއި، ފިލަން ނޫންކަމަށެވެ.

“ބައެއް މީހުންނަށް ހީވަނީ އަހަރެން ފައިސާގެ ހާއްޔެއް ހަދަންވެގެންނޭ މީހުން ކޯން ކުރީ. އެކަހަލަ އެއްވެސް ހާއްޔެއް އަހަރެން ނުހަދަން. އަހަރެން މިއިންނަނީ ފައިސާ ބޮޑިވަރުތަކެއް ޖަމާކޮށްގެން އޭގެ މަތީގައެެއް ނޫން. އެއްވެސް ފައިސާއެއް އަހަރެން އަތަކު ނެތް” ތަސްނީމް އެ އިންޓަވިއުގައި ބުނެފައިވެއެވެ.

އެތައް ބައެއްގެ އަތުން ބުކިން ހެދުމަށްފަހު ފިލައިގެން އުޅޭތީ، އޭނާ ހޯދަން ފަށާފައިވަނީ، މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ބުކިން އަށް އެޑްވާންސް ކޮށް ފައިސާ ދެއްކި މީހަކާއި ހަވާލާދީ ސައުތު އެފްރިކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާގޮތުގައި ހެލޯ ޑާލިންގްސް އެޖެންސީގެ ދަށުން މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެދެމަފިރިން ރާއްޖެ އައެވެ. އެފަހަރު ލިބުނު ސަޅި ތަޖުރިބާއަށްފަހު އަނެއްކާވެސް ހަފްތާއެެއްގެ ޗުއްޓީއަކަށް ދެމަފިރިންދާން ރޭވި ތުރުކީ ޓްރިޕްވެސް ހަމަޖައްސަން ބޭނުންވީ އެ އެޖެންސީ އިންނެވެ. ޓްރިޕްގެ ހުރިހާ ކަމެއް ފައިނަލްކޮށް ފުރަން ތައްޔާރުވެފަައިވާތީ ކޮވިޑް-19 ސާމްޕަލް ހެދުމާއި ގުޅޭގޮތުން ތަސްނީމް އާއި ކޮންޓެކްޓް ކުރަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް ތަސްނީމް ވަނީ އޭނާގެ ހުރިހާ ކޮންޓެކްޓްސް އަކާއި، ސޯޝަލް މީޑިއާ ޕްލެޓު ފޯމުވެސް ވަގުތުން އެދުވަހު ބްލޮކް ކޮށްފައި ކަމަށް އެމީހުން ބުނެއެވެ. ގޯހެެެއް އުޅޭކަން އެގުނީ ދެން ކަމަށް އެދެމަފިރިން ބުނެއެވެ. 

އޭނާގެ 200 އަށްވުރެ ގިނަ އެހެން ކްލަޔަންޓުންވެސް ވަނީ އެ މަކަރުގައި ޖެހިފައެވެ. ތަސްނީމް މިހާރު ވަނީ އޭނާގެ ސޯޝަލް މީޑިއާ ހުރިހާ ޕްލެޓްފޯމެއް ބަންދުކޮށްފައެވެ. އޭގެތެރޭގަައި އޭނާގެ ވެބްސައިޓާއި ކްލަޔަންޓުންނާއި ކޮންޓެކްޓުކުރަން ގެންގުޅޭ ވަޓްސް އެޕް ގުރޫޕްވެސް  އޭނާ ވަނީ ރިމޫވް ކޮށްފައެވެ.

އެގައުމުގެ އިދާރާތަަކުން އޭނާ ހޯދުމަށް ދަނީ މަަަސައްކަތް ކުރަމުންނެވެ. 

65%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް