ads
ފިލައިގެން އުޅޭ ތަސްނީމް މޫސާ
ރާއްޖެ ގެންނާނެ ކަމަށް ބުނެ މިލިޔަން ޑޮލަރު ހޯދުމަށްފަހު އަންހެނަކު ފިލައިފި
ޓްރެވަލް އެޖެންސީއެއް ހިންގި ދެކުނު އެފްރިކާއަށް ނިސްބަތްވާ ތަސްނީމް މޫސާ ނަމަކަށް ކިޔާ އަންހެނަކު، އޭނާގެ ގިނަ އަދަދެއްގެ ކްލަޔަންޓުންގެ އަތުން މިލިޔަނެއްހާ ޑޮލަރު ނެގުމަށް ފަހު ފިލި މަައްސަލައެއްގައި ހޯދަން ފަށައިފި އެވެ.

“ހެލޯ ޑާލިންގްސް”ނަމުގަައި އޭނާ ހިންގި ޓްރެވަަލް އެޖެންސީން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ ރާއްޖޭގެ ހުވަފެން ދައްކައިގެންނެވެ. ބައެއް ސެލެބްރިޓީންނަށާއި، އިންސްްޓްގްރާމް މޮޑެލުންނަށް ރާއްޖޭގެ ހިލޭ ޓްރިޕްތައްވެސް އޭނާ ވަނީ އެ އެޖެންސީ އިޝްތިހާރު ކުރުމަށް ދީފައެވެ.

ނަމަވެސް އޭނާގެ 200 އަށް ވުރެ ގިނަ ކްލަޔަންޓުން މިހާރު ވަނީ ފައިސާ ނެގުމަށްފަހު ބުކިން ހަމަޖައްސައި ނުދީ ތަސްނީމް ފިލާގެން އުޅޭ މައްސަލާގައި އޭނާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ އިނީ ވޯންޑެޓް ލިސްޓުގައެވެ.

ބުކިން އަށް އެޑްވާންސް ކޮށް ފައިސާ ދެއްކި މީހަކާއި ހަވާލާދީ އެގައުމުގެ ނޫހަކުން ރިޕޯޓުކޮށްފައިވާގޮތުގައި ހެލޯ ޑާލިންގްސް އެޖެންސީގެ ދަށުން މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެދެމަފިރިން ރާއްޖެ އައެވެ. އެފަހަރު ލިބުނު ސަޅި ތަޖުރިބާއަށްފަހު މި ހަފްތާގެ ބުރާސްފަތި ދުވަހު އަނެއްކާވެސް ހަފްތާއެެއްގެ ޗުއްޓީއަކަށް ދެމަފިރިންދާން ރޭވި ތުރުކީ ޓްރިޕްވެސް ހަމަޖައްސަން ބޭނުންވީ އެ އެޖެންސީ އިންނެވެ. ޓްރިޕްގެ ހުރިހާ ކަމެއް ފައިނަލްކޮށް މި ބުރާސްފަތީގައި ފުރަން ތައްޔާރުވެފަައިވާތީ ކޮވިޑް-19 ސާމްޕަލް ހެދުމާއި ގުޅޭގޮތުން ތަސްނީމް އާއި ކޮންޓެކްޓް ކުރަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް ތަސްނީމް ވަނީ އޭނާގެ ހުރިހާ ކޮންޓެކްޓްސް އަކާއި، ސޯޝަލް މީޑިއާ ޕްލެޓު ފޯމުވެސް ވަގުތުން އެދުވަހު ބްލޮކް ކޮށްފައި ކަމަށް އެމީހުން ބުނެއެވެ. ގޯހެެެއް އުޅޭކަން އެގުނީ ދެން ކަމަށް އެދެމަފިރިން ބުނެއެވެ. 

އޭނާގެ 200 އަށްވުރެ ގިނަ އެހެން ކްލަޔަންޓުންވެސް ވަނީ އެ މަކަރުގައި ޖެހިފައެވެ. ތަސްނީމް މިހާރު ވަނީ އޭނާގެ ސޯޝަލް މީޑިއާ ހުރިހާ ޕްލެޓްފޯމެއް ބަންދުކޮށްފައެވެ. އޭގެތެރޭގަައި އޭނާގެ ވެބްސައިޓާއި ކްލަޔަންޓުންނާއި ކޮންޓެކްޓުކުރަން ގެންގުޅޭ ވަޓްސް އެޕް ގުރޫޕްވެސް  އޭނާ ވަނީ ރިމޫވް ކޮށްފައެވެ.

އެގައުމުގެ އިދާރާތަަކުން އޭނާ ހޯދުމަށް ދަނީ މަަަސައްކަތް ކުރަމުންނެވެ. 

22%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް