ads
ރާއްޖެއާ އިރާން ކުޅުނު މެޗުގެ ތެރެއިން- ފޮޓޯ އޭއެފްސީ
ފުޓްސަލް ޓީމަށް އެއްބަޔަކު ތައުރީފު، އަނެއް ބަޔަކު ފުރައްސާރަ
ދިވެހި ގައުމީ ފުޓްސަލް ޓީމު، އާދިއްތަ ދުވަހު ކިރިގިސްތާނުގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި މެޗުގައި އީރާނު އަތުން ބޮޑު ތަފާތަކުންވަނީ ބަލިވެފައެވެ. ދިވެހި ޓީމު އީރާނު އަތުން ބަލިވީ ސަތާރަ ލަނޑު ސުން ލަނޑުންނެވެ.
Advertisement

އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ދިވެހި ޓީމު ބަލިވުމާއެކު އެއްބަޔަކު އަވަސްވެގަތީ ސޯޝަލް މީޑިއާގައި ދިވެހި ޓީމަށް ފުރައްސާރަ ކުރާށެވެ. އެކަމަކު ދިވެހި ޓީމަށް ހިއްވަރު ދީ ސަޕޯޓް ކުރި މީހުންވެސް މަދެއް ނޫނެވެ.

މިއަދު ސަތާރަ ލަނޑު ބައިކޮޅަށް ވަނީމާ އެ ވާހަކަ ދައްކަން ލައްކަ ބަޔަކު ވާނެ، މުބާރާތަށް ޕްރެކްޓިސް ކުރަން އުޅުނު ހާލު ދަންނަ މީހަކު ނުވާނެ. ރައްޖޭގެ ކުޅިވަރާ ބެހޭ ތަންތަން ފެއިލްވެފައި އޮތް މިންވަރު މި އެނގެނީ. ހަމަ އެކަނި ނެޝަނަލް ސްޓޭޑިއަމް ހަދައިގެން ނެތް ވާކަށް، ހުނަރުން ފުރިފައިވާ ފުޓްސަލް ކުޅުންތެރިން ގިނަ ގައުމެއް މިއީ. ގައުމީ ފުޓްސަލް ޓީމުން ކުރި ހިއްވަރަށް ހަމަ ސާބަސް.

ހަގީގަތުގައި ދިވެހި ޓީމުން އޭޝިއާގެ ޗެމްޕިއަން އަތުން ބަލިވުމަކީ މައްސަލައެއް ނޫނެވެ. ސަތާރަ ލަނޑު ވީމާ އެއީ ގިނަ އަދަދެކެވެ. އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހިރާއްޖޭގައި ފުޓްސަލް މުބާރާތްތަކުގައި އަސްލު ހަގީގަތުގައި ކުޅޭ ކަހަލަ އެންމެ ދަނޑެއްވެސް ނެތް ކަމެވެ. ދިވެހި ޓީމު މުބާރާތަށް ދިޔައީ މާލޭގައި ގަނަ ތެޅުމަށް ފަހު ކަން އެއީ ފެންނަން އޮތް ހަގީގަތެވެ.

މިއަދު ދިވެހި ޓީމު ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. މިއަދުގެ މެޗު އޮންނާނީ ރޭގަނޑު ހަތެއް ޖަހާއިރުއެވެ. އަދި ކޮލިފައިން ގްރޫޕުގެ ފަހު މެޗުގައި އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ ތުރުކުމަނިސްތާނާ ދެކޮޅަށެވެ. މި މެޗު އޮންނާނީ ހަވީރުއެވެ. މި މެޗުތައް ކުޅޭނީ ކިރްގިސްތާނުގައެވެ.

ރާއްޖޭގެ ޓީމު މި މެޗުތައް ކުޅުމަށް މިދިޔަ ހަފްތާގައި ކިރިގިސްތާނަށް ގޮސްފައިވާއިރު، ދިވެހި ޓީމު ދިޔައީ މާލޭގައި އެތައް އުނދަގޫތަކެއް ތަހައްމަލު ކުރުމަށް ފަހުއެވެ. ދިވެހި ޓީމަށް ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތިގެން އުޅެން ޖެހުނެވެ. މުބާރާތް ކުޅޭނީ އިންޑޯރ ކޯޓެއްގައި ނަމަވެސް ރާއްޖޭގައި އިންޑޯ ކޯޓެއް ނުވެސް ނެތެވެ. އިންޑޯ ކޯޓެއް ނެތްތާ ޓަރފު ދަނޑެއްގައިވެސް ޕްރެކްޓިސް ކުރުމަށް ގައުމީ ޓީމަށް އެކި ކަހަލަ ގޮން ޖެހުންތައް ކުރިމަތިވެފައިވެއެވެ. ދަނޑު ނުލިބުމާއި، ލިބޭ ދަނޑުތަކުގެ ސައިޒް ދިމާނުވުމާއި ދަނޑުތައް ހަލާކުވެފައި ހުރުމާއި މި ފަދަ އެތައް އުނދަގުލެއް ގައުމީ ފުޓްސަލް ޓީމުން ތަހައްމަލު ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް