ads
އއ. ތޮއްޑޫ ފޮޓޯ
ހާފިޒުކަމުގެ ސަނަދާއި އެކު ތޮއްޑޫ ކައުންސިލުން 50000 ރުފިޔާ
އއ. ތޮއްޑޫ ރައްޔިތުންގެ ތެރެއިން ގުރުއާން ހިތުދަސް ކުރާ ކޮންމެ މީހަކަށް ތޮއްޑޫ ކައުންސިލުން 50،000 ރުފިޔާ ދޭން ނިންމާފައި ވާކަމަށް އެކައުންސިލުން ބުނެފިއެވެ.
Advertisement

މިކަމާއި ގުޅިގެން ތޮއްޑޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ކައުންސިލްގެ ތަރައްގީގެ ޕުލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާ އެރަށުގެ ކޮންމެ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ތޮއްޑޫ ކައުންސިލް ރައީސް އަހުމަދު ކަރަމް "ސީއެންއެމް" އަށް ވިދާޅުވީ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކޮންމެ ފަރާތަކަށް 50،000 ރުފިޔާދޭން އެ ކައުންސިލުން ނިންމީ ކީރިތި ގުރުއާނަށް ލޯބި ޖެހިފައިވާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. ގުރުއާން ކުލާސް ތަކާއި ގުޅިގެން، ހިފްޒު ކުލާސް ތަކެއް ބާއްވާނެ ކަމަށް އޭނާ ވިދާޅު ވިއެވެ.

އަދި ރަށުގައި ހާފިޒުން އުފެދިގެން ދިއުމުން ރާއްޖޭއިން ބޭރުން، ހާފިޒުން ގެނައުމުގައި ހޭދަވާ ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް ކަރަމް ވިދާޅު ވިއެވެ.

ހާފިޒުންނަށް ދޭ 50،000 ރިފިޔާގެ ތެރެއިން 25،000 ރުފިޔާ އަކީ ސީދާ ކައުންސިލްގެ ރައީސް ކަރަމްގެ އަތުން ދޭ ފައިސާ ކަމަށާއި، އަނެއް 25،000 ރުފިޔާ އަކީ ހެޔޮ އެދޭ ފަރާތެއްގެ ދީލަތި އެހީއާއި އެކު ލިބޭ ފައިސާ ކަމަށް ކަރަމް ވަނީ ބުނެފައެވެ. 

"ރާއްޖޭން ބޭރުން ހާފިޒުން ގެނައުމުގައި ކޮންމެ އަހަރަކު ގާތްގަޑަކަށް 50،000 ރުފިޔާ ވަރު އެބަ ހަރަދުވޭ. އެ ރުފިޔާ ރަށުން އުފެއްދޭ ހާފިޒަކަށް ދިނުން އެންމެ ރަނގަޅު ގޮތަކީ. އެއީ އަޅުގަނޑާއި ކައުންސިލްގެ ވިސްނުމުކީ،" ކަރަމް ވިދާޅު ވިއެވެ.

އިތުރަށް ކަރަމް ވިދާޅުވީ ރަށުގެ ހުޅުވާ ހާފިޒު ކަމުގެ ކުލާހަށް ކޮންމެ އުމުރެއްގެ ބަޔަކަށްވެސް ބައިވެރި ވެވޭނެ ކަމަށާއި، އެ ކުލާހުން ހޮވާލެވޭ ކުދިން މާލެއަށް ފޮނުވާ ގުރުއާނާއި ބެހޭ މަރުކަޒުން ޓެސްޓް ކުރުމަށްފަހު، ހާފިޒުކަމުގެ ސަނަދު ލިބުމާއެކު ކައުންސިލުން ހުށައަޅާ 50،000 ރުފިޔާގެ އިނާމު ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް