ads
ފޮޓޯ: ދަ ޓެކްސަސް
ބަލި މީހުން ތަކެއް މަރާލި ނަރުހެއް މެރުމަށް ހުކުމް ކޮށްފި
ހިތުގެ ސާޖަރީ ތަކަކަށްފަހު ވައި ހުރި އިންޖެކްޝަންތަކެއް ދީ 17 ބަލި މީހަކު މަރާލި ނަރުހެއް މެރުމަށް އެމެރިކާގެ ޓެކްސަސްގެ ކޯޓުން ހުކުމް ކޮށްފިއެވެ.

އުމުރުން 47 އަހަރުގެ ވިލިއަމް ޑޭވިޑް ނަމަކަށް ކިޔާ މި އަންހެން ނަރުސް މީހާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 އޭނާ މަސައްކަތް ކުރަމުންދިޔަ ހޮސްޕިޓަލުން ހެދި ހިތުގެ ސާޖަރީ ތަކަކަށްފަހު ބަލިން ރަނގަޅުވަމުން އައި 17 މީހެއްގެ ހަށިގަނޑުތެރެއަށް ވައި ހުރި އިންޖެކްޝަންތަކެއް ދީ އެމީހުން މަރާލާފައެވެ. 

އޭނާ ކުރަމުން ދިޔަ ކަންތައް ފަޅާ އެރީ، ބަލި މީހާ އޮތް ކޮޓަރީގައި ހުރި ސީސީޓީވީއެއްގެ ކެމެރާއަށް އެމަންޒަރު އެރުމުންނެވެ. އާއްމު ގޮތެއްގައި ބަލި މީހާ އޮންނަ ކޮޓަރިތެރޭ ކެމެރާ ހަރުކޮށްފައި ނުހުރެއެވެ. 

މި މައްސަލަ އާއި ގުޅިގެން އޭނާގެ މައްޗަށް 18 ދައުވާއެއް ޕްރޮސެކިއުޓަރުން ވަނީ އުފުލާފައެވެ. އެއީ 17 މީހުން މެރި މައްސަލަ އާއި ބަޔަކަށް ގެއްލުންދޭން މަސައްކަތް ކުރި ކަމުގެ ދައުވާއެވެ. 17 މީހުން މެރިކަމުގެ ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ ވަކިވަކިންނެވެ. 

މިކަމާއި ގުޅިގެން މިދިޔަ ބުދަ ދުވަހު ޓެކްސަސްގެ ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ނަރުހުންނަކީ އިންސާނުން އަބަދުވެސް އެބަޔަކަށްޓަކައި ފަހުރުވެރިވާ އަގު ހުރި މަސައްކަތްތަކެއް ކޮށްދެމުން އަންނަ ބައެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދިޔައީ، ނަރުހުންގެ ޔުނީފޯމުގައި ހުރި "ޝައިތާނެއް" ކަމަށެވެ. 

އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާ ތައް އޭނާގެ މައްޗަށް އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި، އޭނާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކުގެ އާއިލާތަކަށް އެގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ ކަމަށްވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ. 

އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭނާ މަރާލާނީ އެގައުމުގެ އެންމެ މަތީ ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ. އެހެން ކަމުން ފަހަރުގައި އޭނާގެ މައްޗަށް ކުރި މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވެދާނެއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް