ads
ފަރްހާން އާއި ޝިބާނީ--
ފަރްހާން އަކްތަރާއި ޝިބާނީ މިއޮއް އުޅެނީ ރާއްޖޭގައި!
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ފަރްހާނު އަހްތަރާއި އޭނާގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ޝިބާނީ ދަންޑެކާރުގެ ކައިވެނީގެ އަޑުތައް ގަދަވެފައިވަނިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
Advertisement

މިދެތަރިން ރާއްޖެ އައީ ކޮން އިރަކުކަން ސާފު ނުވި ނަމަވެސް މީގެ ތިން ދުވަސްކުރިން ޝިބާނީ ވަނީ އިންސްޓަގްރާމު މެދުވެރިކޮށް އޭނާ މޫދަށް އެރި އުޅޭ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ފަރްހާން ވެސް މިވަނީ މޫދުގައި އުޅޭ ވިޑިއޯއެއް ހިއްސާކޮށްފަ އެވެ. ނަމަވެސް އެއަށް ވުރެ އިތުރަށް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ވެސް މި ދެތަރިން ހިއްސާކޮށްފައެއް ނުވެ އެވެ. 

ފަރްހާން އާއި ޝިބާނީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން ވެސް ސާފެއް ނުވެ އެވެ.

އާންމުކޮށް ރާއްޖެއަށް ޗުއްޓީއަށް އައުމަށް ފަހު، ތަރިން އެމީހުންގެ އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ނަގާ ފޮޓޯތައް ވެސް ހިއްސާކުރެ އެވެ. ނަމަވެސް އެއާ ހިލާފަށް ފަރްހާން އާއި ޝިބާނީ ވެސް އެމީހުންގެ އިންސްޓަގްރާމް ސްޓޯރީއަށް ވެސް އެފަދަ ފޮޓޯއެއް ހިއްސާއެއް ނުކުރެ އެވެ. 

ފަރްހާން އާއި ޝިބާނީ މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނާއިރު މިފަހަކަށް އައިސް ދެތަރިން އެކަކު އަނެކަކުގެ އާއިލާއާއެކު ކެއުންތަކަށް ގޮސް އުޅޭ މަންޒަރު ވެސް ފެނުން މިވަނީ އާންމުވެފަ އެވެ. 

މިހާރު ފަރްހާން މަސައްކަތް ކުރަމުން އަންނަނީ "ތޫފާން" ގަ އެވެ. މެ ފިލްމުގައި އޭނާ ފެނިގެންދާނީ ބޮކްސިން ކުޅޭ މީހެއްގެ ރޯލުންނެވެ. ރޮކް އޮން 2 އާއި ޒިންދަގީ ނާ މިލޭގީ ދުބާރާ އާއި ބާގް މިލްކާ ބާގް ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އުމުރުން 44 އަހަރުގެ ފަރްހާން ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެވެ.

ހެއާ ސްޓައިލިސްޓެއްކަމަށްވާ އަދުނާ ބަބާނީއާ ފަރްހާނު 2000 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. އަދި ހަތް އަހަރު އެކުގައި އުޅުމަށްފަހު އަދުނާ އާއި ފަރްހާނު ވަކިވެފައިވަނީ މިދިޔަ އަހަރެވެ. ނަމަވެސް، ޝިބާނީ މީގެކުރިން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް