ކުރީގެ ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތް ދެން ކުރައްވާނަންތޯ ''ސީއެންއެމް'' އިން ސުވާލުކުރުމުން ރައީސް މައުމޫން ވިދާޅުވީ ''މުސްތަގުބަލުގަ ވާނެ ނުވާނެ ބުނާކަށް ނޭނގޭނެ'' ކަމަށާއި, ޔާމިނާއި ގުޅިގެން ސިޔާސީ މަސައްކަތެއް ކުރައްވާކަށް ''ހިތަކު ނެތް'' ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ރައީސް މައުމޫން ވަނީ ރައީސް ޔާމިނުގެ ވެރިކަމުގައި އެ މަނިކުފާނު ޖަލަށްލެއްވިކަމުގެ ހިތި ހަނދާންތައް އާކުރައްވާފައެވެ.
ރައީސް ޔާމިނަށް މާފު ދެއްވަން ޖެހޭނެ ނޫންތޯއާއި, ރަހިމުގެ ގުޅުން ދަމަހައްޓަން ޖެހޭނެ ނޫންތޯ ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ރަހިމުގެ ގުޅުން ކިތަންމެ މުހިންމު ވިޔަސް ޔާމިން ވަނީ އެ މަނިކުފާނު ޖަލަށްލައްވައި އެތަކެއް އަނިޔާތަކެއް ދެއްވާފައި ކަމަށެވެ.
އެފަދަ އަނިޔާތަކެއް ދެއްވާފައި ރައީސް ޔާމިން މާފަށް އެދިވަޑައިގެންނެވިތޯ ސުވާލު ކުރުމުން ވިދާޅުވީ ''ނޫން އެއްގޮތަކަށް ވެސް ނޭދޭ'' ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;