ads
ޤުރުއާން މަޖީދު އެޕްލިކޭޝަން
އަހަރެން އިސްލާމް ވީ ކީއްވެ؟ އީސާއީ ދީނުން އިސްލާމް ދީނަށް!
ކްރިސްޓިއަން އަންހެން ކުއްޖަކު އިސްލާމް ދީން ޤަބޫލުކުރީ ކީއްވެ؟

މި މަގު އިޚްތިޔާރުކޮށް، އެތައް އަހަރެއް ވަންދެން އެކަމަނާގެ އާއިލާއިން ގެންގުޅުނު މަގު ދޫކޮށްލީ ކީއްވެ؟

މިއަދު އަޅުގަނޑުގެ ވާހަކަ ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުމެވެ.

އަހަރެން އުޅެ ބޮޑުވީ ޕްރޮޓެސްޓެންޓް ކްރިސްޓިއަން އާއިލާއެއްގައި، ޕްރޮޓެސްޓެންޓް ކްރިސްޓިއަން އެއްގެ ގޮތުގައެވެ. އަޅުގަނޑުގެ ދިރިއުޅުން ނޫން އެހެން ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ.

ކޮންމެ އާދީއްތަ ދުވަހަކު ޗާޗަށް ގޮސް، ކުޑަކުއްޖެއްގެ ހައިސިއްޔަތުން ނިދުމުގެ ކުރިން އަހަރެން ވެސް ނަމާދު ކުރީމެވެ. އަހަރެން ޗާޗުގައި އާދީއްތަ ދުވަހުގެ ކްލާސްތަކަށް ދިޔައީމެވެ. ހަމަކަށަވަރުން، عيسى ގެފާނު (އެކަލޭގެފާނުގެ މައްޗަށް) إيمان ވެ، اللَّه އީ، عيسى ގެފާނު ކަމުގައި  ގަބޫލުކުރަމުންނެވެ. އަދި އެހެން ހުރިހާ ދީންތަކަކީ، ފޭކް ދީންތަކެކެވެ. އަހަރެން ބޮޑުވަމުން އައީ މިދެންނެވި ގޮތަށް، ޢުމުރުން 16 އަހަރާ ހަމައަށް، އީސާގެފާނަށް އަޅުކަން ކުރަމުންނެވެ.

އުމުރުން 17 އަހަރުގައި އަހަރެން ކޮލެޖަށް ޖޮއިން ވީ ގްރެޖުއޭޝަނަށެވެ. އަދި މަޑުމަޑުން ނަމާދުކުރުމާއި، ޗާޗަށް ގޮސް، ބައިބަލް ކިޔުން ފަދަ ކަންކަމަށް ޝައުޤުވެރިކަން ގެއްލުނެވެ. އަހަރުތަކެއް ފަހުން ގްރެޖުއޭޝަން ނިންމާލުމަށްފަހު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަހަރެންގެ ކޮންވޮކޭޝަން ހަފްލާއަށެވެ. 

އަހަރެންގެ ރަހުމަތްތެރިޔަކު ޒާކިރު ނައިކްގެ ވީޑިއޯއެއް ޝެއާކޮށް އަހރެންގެ މޯބައިލް ސްކްރީނަށް އެރުވިއެވެ. ސުރުހީއަކީ "ޗާޗް ގައި އުޅޭ މީހާ އިސްލާމްދީ ން ގަބޫލު ކޮށްފިއެވެ"

 ހިތްދަތިކަމާއި ނުރުހުމުގެ ސަބަބުން އެ 30 މިނެޓުގެ ވީޑިއޯ އަހަރެން ބަލަން ފެށީމެވެ. އެ ވީޑިއޯގައި ޑރ.ޒާކިރު ނައިކް ވިދާޅުވެފައިވަނީ އީސާގެފާނަކީ الله ގެ ރަސޫލެއް ނޫން ކަމަށާއި الله ގެ ރަސޫލުބޭކަލެއް ކަމަށާއި ބައިބްލްގައިވާ ވަރަށް ގިނަ އާޔަތްތައް ދެއްވާފައިވާ ކަމަށެވެ. އަޅުގަނޑު އަޅުގަނޑުގެ ޝެލްފް ކައިރިއަށް ދުވެ، އަޅުގަނޑުގެ ބައިބަލް ހޮވައި، އެ ރެފަރެންސްތައް ހޯދުމުގެ މަސައްކަތް ފެށީމެވެ.

އޭނާ ދެއްކި ވާހަކަ އަކީ ތެދު ވާހަކައެކެވެ. އެކަން އެނގުނީ ގޭގެ ފޮތް ހަރުތައް ބަލައި ފޮތްތައް ނަގައިގެން ކިޔާލުމުންނެވެ. އަހަރެންގެ ހަޔާތުގެ މިހާ ހިސާބަށް އައިއިރު އިސްލާމްދީނާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދަސްކުރުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައި ވަރަށް ބޮޑުވިއެވެ. އެހެންވެ އަހަރެންގެ ރަޙުމަތްތެރިޔާގެ އަތުން އަހަރެން ޤުރުއާން ގަތީމެވެ. ޢަރަބި ބަސް ފެށެނީ ކަނާތްފަރާތުންކަން ނޭނގޭތީ އަހަރެން ފުރަތަމަވެސް ހުޅުވީ ޤުރުއާނުގެ ވައަތް ފަރާތުންނެވެ އެއީ ފުރަތަމަ ސަފްހާ ކަމަށް ބަލައިގެންނެވެ. ވިސްނަމުން ދިޔައީ ޤުރްއާނުގެ އެންމެ ފަހު ޞަފްޙާއަކީ ފުރަތަމަ ޞަފްޙާ ކަމަށެވެ. އަހަރެން ޤުރްއާނުގެ އެންމެފަހު ބައި ހުޅުވައިލުމަށްފަހު سورة الއިޚްލާސް ކިޔާލީމެވެ. މިސޫރަތުން އަހަރެންގެ މުޅި ވިސްނުންބަދަލު ކުރަން މަޖުބޫރު ވިއެވެ. ﷲ އެއްކަވަންތައެވެ. އެންމެ ކަލަކު ފިޔަވައި ކަލަކު ވޮޑިގެން ނުވެއެވެ. މިކަން ވަރަށް ރަނގަޅަށް އަހަންނަށް ގަބޫލު ކުރެވުނެވެ. އެކަމަށްޓަކައި ﷲ އަށް ހަމްދު ކުރަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް