ads
ވަޅިން ހަމަލާދިނުމުން އަނިޔާވި ފަތުރުވެރިން ހުޅުމާލެ ހޮސްޕިޓަލަށް ގެންދަނީ
ފަތުރުވެރިންނަށް ހަމަލާދިނުމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި
ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ފަތުރުވެރިންނަށް ވަޅިން ހަމަލާދިން މީހުން ކަމަށް ބެލެވޭ ކަމަށެވެ. 

މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ. 

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ މިހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނަގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ އާންމުކޮށްފައި ވަނިކޮށެވެ. މިއީ ރާއްޖޭގައި ހިންގި މިފަދަ އަމަލެއްގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނެގި ފުރަތަމަ ފަހަރެވެ.

މިހަމަލާގެ ޒިންމާ ނަގާފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި ދިވެހި ސަރުކާރުން ހިމަނާފައިވާ ޖަމާއަތެއް ކަަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރާއްޖޭގެ ގޮފިން ކަމަށްވެ އެވެ.

ފުލުހުން މީގެކުރިން ބުނީ ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ރެޑްބުލް ދަނޑު ކައިރިން އެ ރޭ 8:10 ހާއިރު ކަމަށެވެ. 

މި ހަމަލާއާއި ގުޅިގެން އަނިޔާވެފައިވަނީ ޗައިނާ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. އަދި މިތަނުން ޗައިނާގެ އެކަކު އެއީ ފަތުރުވެރިޔެއް ކަމަށާއި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުން ކަމަށްވެސް ފުލުހުން މައޫލޫމާތުދެ އެވެ.

ފުލުހުން ބުނީ މި ތިން މީހުންނަށް ހަމަލާދީފައިވަނީ ހެލްޓްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހުން ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް