ads
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ނަސީމް-
އާސަންދައިގައި ވައްކަން އެބައޮތް، އެތަން އިސްލާހު ކުރާނަން: ހެލްތު މިނިސްޓަރު
އާސަންދަ މިހާރު އޮންނަ ގޮތުން އާސަންދައިން ވައްކަން ކުރުމުގެ ފުރުސަތުު އެބައޮތް ކަމަށާއި، އެކަން ބަލާ އެކަންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ނަސީމް ހާޒިރުކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް، އެމަނިކުފާނާއި ކުރައްވާ ސުވާލަށް ޖަވާބު އެރުވުމަށެވެ. 

އެއަށްފަހު އެހެން މެމްބަރުންނަށް ސުވާލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި، ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ އާސަންދައިން ބަޔަކު މީހުން ވައްކަން ކުރަމުން އަންނަ ކަމަށާއި، އެކަން އެގޮތަށް ހިނގާއިރު، ހެލްތު މިނިސްޓްރީން ކުރީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. 

ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމުގެ ތެރެއިން ވައްކަން ކުރުމުގެ ކަންކަން ހިނގާކަން ފާހަގަ ކުރެވޭ ކަމަށާއި، އެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އާސަންދަ އިސްލާހު ކުރަން ޖެހޭކަން ގަބޫލުފުޅު ކުރައްވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

"މިހާރު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އެބަ ހަރަދުވޭ އާސަންދަައިގެ ކަންތައްތަކަށް. އަޅުގަނޑުމެންނަށް އެ ކަމުގައި އެތައް މައްސަލަތަކެއް އެބައުޅޭ، އެއީ އާސަންދައިން ތި ވިދާޅުވާ ފަދަ ކަންކަން ވެސް ހިނގާ ކަންނޭނގެ، އެހެންނަމަވެސް އަޅުގަނޑުމެން ޖެހޭނީ އެ ކަން ހިނގާ މިންވަރު ދެނެގަންނަން،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ކަންކަން ތަރުތީބު ކުރެވިފައިހުރި ގޮތުން އެކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށާއި، އެކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ވައްކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

"އާސަންދަ ތަރުތީބު ކުރެވިފައި ހުންނަ ގޮތުން ވާގޮތަކީ އިސްލާހުކުރަން ޖެހޭ ކަންކަން އެބަހުރި. އެކަންތައް އަޅުގަނޑުމެން ކުރަމުން ގެންދާން. ޔަގީން ކުރައްވާ ވައްކަމަކަށް އަޅުގަނޑު ތާއިދު ނުކުރައްވާނެ ކަމަށް" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް