ads
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަޅުގަނޑު ދެން ބުލީ ވާކަށް ނެތިން: އީވާ
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ނައިބު ރައީސް އީވާ އަބްދުﷲއަށް ބުލީކޮށް މަލާމަތް ކުރާ އެމްޑީޕީގެ ފިރިހެން މެމްބަރުންނަށް އެކަމަނާ ހޫނު ރައްދެއް ދެއްވައިފި އެވެ.

މިފަދަ ތުހުމަތެއް ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު الله ހުށަހަޅުއްވާ ފައިވާ، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރި ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ހުށަހަޅި ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ. 

ފުރަތަމަ އެކަން ފާހަގަކުރައްވާ އީވާގެ ދިފާއުގައި ވާހަކަ ދެއްކެވީ ވެސް މެމްބަރު އާދަމް ޝަރީފް އެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، މަޖިލީހަށް އެމައްސަލަ ހުށަހެޅުމުން އެ ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު، ގަބޫލު ކުރަނީ އީވާ ވާހަކަ ދައްކަވަނީ އިއްޔެ ކުރެއްވި ކެމްޕެއިން ދަތުރެއްގެ ތެރެއިން ފެނުނު މަންޒަރުތަކެއްގެ ވާހަކައެއް ކަމަށެވެ. 

އެއީ އެކަން އޮތްގޮތް ނޫންކަމަށާއި، ގަބޫލު ކުރަންވީ ހަގީގަތަކީ އީވާ ވާކާލާތު ކުރައްވަނީ  ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން އީވާއަށް ފާހަގަކުރެއްވޭ އެންމެ ބޮޑު އެއް މައްސަލަ ނަންގަވައިގެން ކަން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަޖިލިސް ތެރޭ ބުލީކޮށް ޖެއްސުން ކުރުން ހުއްޓާލަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިތަނުގައި ބުލީ ކުރުމާ ޖެއްސުން ކުރުމާއި މިކަންކަން އަޅުގަނޑުމެން ހުއްޓާނުލައެއް އިއްޒަތްތެރި ރައީސް މިރާއްޖެއަކަށް ކުރިއެރުންތަކެއް ނާންނާނެ. ގަބޫލު ކުރަންޖެހޭ އަޅުގަނޑުމެން މިތަނުގައި ޖަހާ ސަކަރާތް ވަރަށް ގިނަ ބަޔަކު އެބަ ބަލާ. މިތަނުގައި ތިއްބަވަނީ ހަތަރު އަންހެން މެމްބަރުނެއް ކަމަކު ވަކި އަޑުމަޑެއް ނޫން އެކަނބަލުންގެ އަޑުފުޅެއް،" ޝަރީފް ވިދާޅުވި އެވެ.

މި ބަހުސްގައި ހުރިހާ މެމްބަރުން ވާހަކަަ ދައްކާ ނިމުމުން އެންމެ ފަހުބަސް ވިދާޅުވާން އީވާއަށް ދެއްވި ފުރުސަތުގައި ޝަރީފުގެ ވާހަކަތައް ފާހަގަކުރައްވަމުން އީވާ ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުލީވާކަށް ދެން ނެތިން ކަމަށެވެ. 

"މެމްބަރު ޝަރީފް ވިދާޅު ވެއްޖެ އަޅުގަނޑު މިގަރާރު މިތަނަށް ލުމުން އެމްޑީޕީ ފިރިހެން ބައެއް މެމްބަރުންނަށް ވަރަށް އުނދަގޫވެގެން އަޅުގަނޑު އެބަ ބުލީ ކުރެޔޭ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަޅުގަނޑު ދެން ބުލީ ވާކަށް ނެތިން. އަޅުގަނޑު ކިތަންމެ ރޭރުކުރާންވެގެން، އަޅުގަނޑުގެ އަމިއްލަ ޕާޓީގެ ފިރިހެނުން ވެސް އަޅުގަނޑާއި ދިމާލަށް ވަށްބަހުން އެއްޗެހި ކީ ނަމަވެސް ފިރިހެނެއްގެ ރޭރުކުރުމަކަށް ދެނެއް އަޅުގަނޑެއް ދީލާލާކަން ނެތިން،" އީވާ ވިދާޅުވިއެވެ.

އީީވާ އިތުރަށް ވިދާޅުވީ، އުމުރުން 44 އަހަރުވީއިރު، ސިޔާސީ މަސައްކަތުގައި އުޅޭތާ 20 އަހަރުވެގެންދާއިރު އެހަމަލާތަކަށް އެޔަކަށް ބޯލަބާކަށް އަދި ފަހަތަށް ވެސް ނުޖެހޭނެ ކަމަށެވެ. އެކަން އެގޮތަށް ވާތީ އުނދަގޫ ވާ ކަމަށާއި ނަމަވެސް ހުންނެވީ އުނދަގޫވާ ކޮންމެ ފަހަރަކު ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. 

އެމައްސަލަ ލުމުން ވެސް ވަރަށް ގިނަ ވާހަކަތަކެއް އަނެއްކާވެސް އެކަމަަނާއަަށް އަޑުއިވިގެން ހިނގައްޖެކަން ފާހަގަ ކުރައްވަމުން އިވާ ވިދާޅުވީ، މި ގާރާރު ހުށަހެޅުމުން ވެސް އެތައް ބައިވަރު ޑަބްލިޔުޑީސީގެ މެމްބަރުން އަނެއްކާ ވެސް އެމީހުންނަށް ދުއްތުރާތަކެއް ދިމާވަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

"އެރަށްރަށުގެ ނަންމާއި އަތޮޅުތަކުގެ ރަށްތަކުގެ ނަންތައް އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން. އެއީ އަޅުގަނޑު ބޭނުމީ މިކަންކަން ރަނގަޅު ކުރަން. އެހެން ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލަރުންނަށް ހީވެއްޖެ މިއީ ޖެއްސުމެއްގެ ގޮތުގައި ކުރަން އުޅޭ ކަމެކޭ. މިއީ ޖެއްސުމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ކައުންސިލުތަކުގައި ތިބި ޑަބްލިޔުޑީސީ މެމްބަރުންނަކީ އެރަށްރަށުގެ ލީޑަރުން ކަމަށެވެ. މިއަދު އަންހެން ކައުންސިލަރުންތަކެއް ރަށްރަށަށް އިންތިހާބުކޮށް ފުރުއްސާރަކޮށް ޖެއްސުން، ކުޑަކޮށް، އޮއްބާލަން މަސައްކަތް ކުރާ ނަމަ އެއީ އަންނަން އޮތް ޖީލުތަކުގެ އަންހެން ދަރިންނަށްދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށެެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް