ads
ގއ.ދާންދޫ ފޮޓޯ/ފޭސްބުކް
އެބުރި އެބުރި ހުރި ފަންކާއެއް ދާންދޫ ސުކޫލުގެ ދަރިވަރެއްގެ ބޮލަށް ވެއްޓިއްޖެ
ގއ. ދާންދޫ ސުކޫލުގައި ކިޔަވަމުންދިޔަ އެ ސުކޫލުގެ ދަރިވަރެއްގެ ބޮލަށް އެބުރި އެބުރި ހުރި، ފަންކާއެއް އިއްޔެ ވެއްޓި ކުއްޖާގެ ބޮލާއި އަތް ޒަހަމުވެއްޖެ އެވެ.
Advertisement

ފަންކާ ވެއްޓިފައި ވަނީ އެ ސުކޫލުގެ ގުރޭޑު ހަޔެއްގައި ކިޔަވަމުން ދިޔަ ދަރިވަރެއްގެ ބޮލަށެވެ.

ދާންދޫ ސުކޫލުގެ ޕްރިންސިޕަލް ފަހީމާ އަހުމަދު "ސީއެންއެމް" އަށް ވިދާޅުވީ އިއްޔެ ސުކޫލުގެ ގުރޭޑް ހަޔެއްގެ ދިވެހި ގަޑީގައި އެ ކުލާހުގެ ފިރިހެން ދަރިވަރަކު އިން ޑެސްކުގެ މައްޗަށް ފަންކާ އެއް ވެއްޓި ބޮލާއި އަތަށް އަނިޔާ ލިބިފައިވާ ކަމަށެވެ.

"ކުއްޖާގެ ބޮލާއި އަތަށް ވަނީ އަނިޔާ ލިބިފައި. އެބުރި އެބުރި ހުރި ފަންކާ އެއް ވެއްޓޭނެ ކަމަކަށް ނޭގޭނެ ދެއްތޯ. ވަރަށް ފަހުން ލައިޓާއި ފަންކާތައް ބަދަލު ކުރީ ވެސް. ހާދިސާ ހިގުމާއެކު އައިސްޕެކް އަޅާ ކުއްޖާ އަށް ވަގުތުން ފަރުވާ ސުކޫލުން ގައި ދީފައި ވާނެ. ފަހީމާ ވިދާޅު ވިއެވެ.

ނަމަވެސް އިތުރަށް ފަހީމާ ވިދާޅުވީ މަތީގައި އެބުރި އެބުރި ހުރި ބަރު އެއްޗެއް އެ ގޮތަށް ވެއްޓި އަތާއި ބޮލުގައި ޖެހިފައިވާތީ، ކުއްޖާގެ ބޮލާއި އަތް ދުޅަވެ، ވަރަށް ބޮޑަށް އިއްޔެ ރަތް ވެފައިވާ ކަމަށެވެ. 

ނަމަވެސް މިހާރު ކުއްޖާގެ ހާލަތު ރަނގަޅު ކަމަށާއި، މިއަދު ކުއްޖާ ސުކޫލަށް އައިސްފައިވާ ކަމަށްވެސް ފަހީމާ ވިދާޅު ވިއެވެ.

އެފަދަ ހާދިސާއެއް މީގެ ކުރިން ހިނގާފައި ނުވާކަމަށް ބުނެ ފަހީމާ ވިދާޅުވީ, ދެން އެފަދަ ހާދިސާ އެއް ސުކޫލުގައި ނުހިގާނެ ހެން ރަނގަޅަށް ކަން ކަން މޮނީޓާ ކޮށް ބަލަމުންދާނެ ކަމަށެވެ.

22%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް