ads
ލ. ފޮނަދޫ
"ފޮނަދޫގައި ނެޓްވޯކް ގާއިމް ކުރުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވަނީ ގަވައިދާއި ހިލާފަށް"
ލ. ފޮނަދޫގައި "އޯޕަން އެކްސަސް ފައިބަ ނެޓްވޯކެއް" ގާއިމު ކުރުމުގެ ހުއްދަ ފޮނަދޫ ކައުންސިލުން ނުދީ ހިފަހައްޓާފައި ވަނީ އުސޫލުން ބޭރުން ގަވައިދާއި ހިލާފަށް ކަމަށް އެއަތޮޅު ކައުންސިލުން ބުނެފި އެވެ.
Advertisement

ރާއްޖޭގައި ފުރަތަމަ ފައިބަ އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސްއަށް މިކަމާއި ގުޅޭ ގޮތުން ލާމް އަތޮޅު ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެކުންފުނިން ފޮނަދޫގައި "އޯޕަން އެކްސަސް ފައިބަ ނެޓްވޯކެއް" ގާއިމު ކުރުމަށް ހުއްދަ ނުދިނުމަށް ފޮނަދޫ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ އެއްވެސް އުސޫލެއް ހަމައެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"ސީއެންއެމް"އަށް ކޮޕީ ލިބިފައިވާ އަތޮޅު ކައުންސިލްގެ ސިޓީގައި ވަނީ ފޮނަދޫ ކައުންސިލުން މިފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލެއް މިއަދާއި ހަމައަށް ހަދައި ތަންފީޒު ކުރަމުން ނުދާކަން ވެސް ފާހަގަކޮށްފަ އެވެ.

ގާތްގަނޑަކަށް ފަސް މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު ޕްރޮޖެކްޓަށް ހުއްދަ އާއި ގުޅޭ ގޮތުން ފޮނަދޫ ކައުންސިލުން އެކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި މިހާރު ވެސް ތިން ފަރާތަކުން ފައިބަ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދެމުންދާތީ ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ފަންބޮނޑި މޯލްޑިވްސް އިން އެލްޖީއޭއަށް ފޮނުވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި ހަމައެކަނި ފައިބަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ދިރާގުން ކަމަށެވެ.

ފަންބޮނޑި މޯލްޑިވްސްގެ ޑިރެކްޓަ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ސީއެންއެމް އަށް ވިދާޅުވީ، ފޮނަދޫ ކައުންސިލުން އެކުންފުންޏަށް ހުއްދަ ނުދިނުމަށް ނިންމާ ސިޓީ ފޮނުވާފައި ވަނީ ގާނޫނާއި ގަވައިދާއި ހިލާފަށް އުސޫލުން ބޭރުން ކަމަށެވެ. އަދި އެހެން ފަރާތްތަކަކަށް ހުއްދަދީފައި ވުމަކީ އެކުންފުންޏަށް ހުއްދަ ނުދީ ހިފެހެއްޓޭނެ ސަބަބެއް ނޫން ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ފައިބަ އޯޕަން އެކްސަސް ނެޓްވޯތަކަކީ ޓެކްނޮލޮޖީގެ އެތައް ހިދުމަތްތަކެއް އެންމެ ކަނެކްޝަނެއް މެދުވެރިކޮށް ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އިންފްރާސްޓަކްޗަ ނިޒާމެކެވެ.

ފަންބޮނޑިން ގެންދަނީ މިހާރު ވެސް އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް