ads
ދެހާސް ސަތާރަވަނަ އަހަރުގެ އެފްއޭކަޕްގެ ޓްރޮފީ ނިއުއިން އުފުލާލަނީ
އެފްއޭކަޕްގައި ބައިވެރިވާން ހުޅުވާލައިފި
ފުޓްބޯލް އެސޯސިއޭޝަން ކަޕް ނުވަތަ އެފްއޭ ކަޕުގައި ބައިވެރިވާން އެފްއޭއެމުން ހުޅުވާލައިފިއެވެ. އެފްއޭމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެފްއޭ ކަޕްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކަމަށެވެ.
Advertisement

އެފްއޭމުން މިހާރު ކަނޑައަޅާފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހު އެފްއޭ ކަޕް ފަށާށެވެ. އެފްއޭ ކަޕަކީ އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބަކަށް ހުޅުވާލައިގެން ބާއްވާ ނޮކްއައުޓް މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމް ހުށަހަޅާފައިވީ ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް އެފްއޭއެމަކުން ނުބުނެއެވެ.

މި އަހަރުގެ އެފްއޭކަޕް މި ބޭއްވެނީ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހުއެވެ. ދެހާސް ވިހި ވަނަ އަހަރު އެފްއޭ ކަޕް ފެށި ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ވަކި ހިސާބަކުން ޖެހުނީ ކެންސަލް ކުރާށެވެ. ދެހާސް ވިހި ވަނަ އަހަރު އެފްއޭ ކަޕް ބޭއްވީވެސް ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން އެފްއޭ ކަޕް ފުރިހަމައަށް ބޭއްވިފައިވަނީ ދެހާސް ސަތާރަވަނަ އަހަރުއެވެ. އެ އަހަރު މުބާރާތް ކާމިޔާބު ކުރީ ނިއުރޭޑިއަންޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް