ads
ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ބުރިޖުގެ މަސައްކަތް ކުރުމަށް ވިލިމާލެ ދެކުނު ފަރާތުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި
ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް، ވިލިމާލޭ ދެކުނު ފަރާތުގެ އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު ނެގުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބުރިޖުގެ މަސައްކަތް ކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި، އެހެން ކަމުން ވިލިމާލޭގެ ދެކުނު ފަރާތުގެ އެއްގައުމުގައި ހުރި އުޅަނދު ތަކާއި، ފަޅުގައި ހުރި އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ. 

"އެ ސަރަހައްދުގެ އެއްގަމާއި ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް، އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދުތައް ބެލެހެއްޓުމާ ހަވާލުވެ ތިބި ފަރާތްތަކުން އެހެން ތަނަކަށް ބަދަލު ކުރުމަށް އަންގަން." ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ، މިއަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން އެ ސަރަހައްދުން އެ އުޅަނދުފަހަރު ނެގުމަށް އިލްތިމާސް ކުރާ ކަމަށާއި، އޭގެ ފަހުން އެ ސަރަހައްދުގައި އުޅަނދުތައް ހުރެއްޖެނަމަ އެ އުޅަނދުތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ބަދަލު ކުރާނެ ކަމަށެވެ. 

އަދި މިގޮތަށް އުޅަނދުތައް ބަދަލުކު ކުރާއިރު، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ. 

ތިލަމާލެ ބުރިޖަކީ ޖުމުލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް