ads
މީގެކުރިން ލައިސަންސް ނަގާ ސަރަހައްދުގައި ބަޔަކު ސައިކަލު ލައިސަންސް ނެގުމަށް ފަރިތަކުރަނީ
ބޮޑެތި ލުއި ތަކާއިއެކު، ޑްރައިވިން ސްކޫލްގެ ގެ އިސްލާހު ގެޒެޓްގައި ޝާއިއުކޮށްފި
ޑްރައިވިން ސްކޫލް ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފި އެވެ.
Advertisement

މި ގަވައިދަށް ގެނެވުނު ފުރަތަމަ އިސްލާހުގައި ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ޑްރައިވިން ސުކޫލުގެ މައްސޫލުވެރިޔާގެ ކުށުގެ ރެކޯޑުގެ މުއްދަތެވެ. 

ކުރިން މި ގަވައިދުގައިވާ ގޮތުން، ފާއިތުވި ފަސް އަހަރު ދުވަހު ކުށުގެ ރެކޯޑެއް ހުރި މީހެއް ނަމަ ޑްރައިވިން ސުކޫލެއްގެ މައްސޫލުވެރިޔަކަށް ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް އަލުން އިސްލާހުކޮށް މިހާރު ގެޒެޓް ކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ، މައްސޫލުވެރިޔާގެ ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ކުށުގެ ރެކޯޑެއް އޮވެގެން ނުވާނެ ކަމަށެވެ. 

މީގެ އިތުރުން ކުރިން ޑްރައިވިން އިންސްޓްރަކްޓަރަކަށް ވާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހު މަދަނީ ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްނަމަ އިންސްޓްރަކްޓަރަކަށް ނުވެވޭގޮތަށް އޮތް ނަމަވެސް އަލަށް ޝާއިއުކުރި އިސްލާހުގައި މިކަމަށްވެސް ވަނީ ބޮޑުތަނުން ލުއި ދީފައެވެ. 

އެގޮތުން މިހާރު އިންސްޓްރަކްޓަރަކަށް ވާން ބޭނުންވާނަމަ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭ މަދަނީ އަދި ޖިނާއީ ކުށެއް ކޮށްފައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށްވަނީ ބުނެފައެވެ. އަދި އެމީހާއަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފުވެގެން ފާއިތުވި ތިން އަހަރުތެރޭ ލައިސެންސް ހިފެހެއްޓި މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ކުރިން ގަވައިދު އޮންނަ ގޮތުން ފާއިތުވި ފަސް އަހަރުތެރޭ ލައިސެންސް ހިފެހެއްޓި މީހަކަށް ވެއްޖެނަމަ އިންސްޓްރަކްޓަރަކަށް ވުމަށް ޝަރުތު ހަމަނުވާނެއެވެ. 

މީގެ އިތުރުން އަލަށް ޝާއިއުކުރެވުނު އިސްލާހުގައި ވާގޮތުން، ޑްރައިވިން އިންސްޓްރަކުންޓަރުންގެ ލައިސަންސް ދޫކުރަން މިނިސްޓްރީގެ މައްޗަށް ލާޒިމު ކުރާ މުއްދަތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އޮންނަ ގޮތުން އިންސްޓްރަކްޓަރަކަށް ވުމަށް އެދި ހުށައަޅާތާ މަދުވެގެން 15 ދުވަހުގެ ތެރޭގައި ދޫކުރަން އޮންނަ ލައިސަންސް މިހާރު ގިނަވެގެން ހަތް ދުވަސް ތެރޭ ދޫކުރަން ޖެހޭ ގޮތަށް ވަނީ ލާޒިމް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް